އިއްޔެގެ ފޯރަމްގައި ވަޒީރު ޢަލީ އިހްސާން ވާހަކަދައްކަވަނީ: ފޮޓޯ/ ގައުމީ ޔުނިވާސިޓީ
ހަބަރު
02 Dec 2025 | 10:41
ދޮގު މަޢުލޫމާތެއް ފަތުރަން ނަގަނީ ކުޑަ ވަގުތުކޮޅެއް؛ ރަނގަޅު މިހާވެސް ބަދުނާމުވާ ފަހަރުއާދޭ: އިހްސާން

މިޒަމާނުގައި ދޮގު މަޢުލޫމާތެއް ފަތުރަން ނަގަނީ ކުޑަވަގުތު ކޮޅެއް ކަމަށާ، ނަމަވެސް އޭގެ ސަބަބުން ބޮޑެތި ގެއްލުންލިބި، ރަނގަޅު މިހާވެސް ބަދުނާމުވާ ފަހަރު އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗްލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންގެ ކުރިއަށް ގެންދިޔަ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިންގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، ދޮގު މައުލޫމާތު ފެތުރުމަކީ ރަސޫލު ޒަމާނުންފެށިގެންވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. ނަމަވެސް، އެކަމުގައި އެ ޒަމާނާއި މިޒަމާނާ އެކަމުގައި ވަރަށް ތަފާތު ކަމަށެވެ.

އެހެނީ އެ ޒަމާނުގައި ދޮގު މައުލޫމާތު ފެތުރުމަށް ވަރަށް ގިނަ ވަގުތު ނަގާއިރު، މިޒަމާނުގައި އެފަދަ މައުލޫމާތެއް ފަތުރަން ނަގަނީ އެންމެ ސުކުންތެއްކަން އިހްސާން ފާހަގަކުރެއްވިއެވެ.

ކުރީގައި އެއްލައްކަ މީހުންނަށް (ދޮގު މައުލޫމާތު) ފަތުރަން އެ ނަގާ އެއް އަހަރު ނަގާއިރު، އެ އަހަރުތެރޭގައި ހަގީގަތް ހާމަކޮށް، އެ މައުލޫމާތު ރަނގަޅު ކުރުމަށާ އެއަށް ޓެކްލް ކުރުމަށް އެބަލިބޭ އެއް އަހަރު. މިހާރު ޓެކްލްކުރާ މީހާއަށް މައުލޫމާތު ލިބޭއިރު އެއްލައްކަ މީހުންނަށް ފެތުރިފައި އޮންނަނީ. ކިހިނެއް ރަނގަޅު ކުރާނީ. 

ވަޒީރު އިހްސާން

”ދޮގުވާހަކައާއި، މިސްއިންފޮމޭޝަން، ޑިސްއިންފޮމޭޝަން، މަލްއިންފޮމޭޝަން ސްޕެރެޑްވެގެންދާ ސްޕީޑް، އަދި ސްޕްރެޑްކުރުމުގައި ބައިވެރިވާ މީހުންނާ އެބައިވެރިވާ ރޫހު މާގިނަ ހަގީގަތް ފަތުރަންދާ މީހުންނަށްވުރެ.“ ވަޒީރު އިހްސާން ވިދާޅުވިއެވެ. 

ކަންމިހެން ހުރުމުން، ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭކަމަށާ، އަދި ދޮގު މަޢޫލޫމާތު ފަތުރާކަމުގައި ވަނީނަމަ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޤާނޫނުތަކުން ފިޔަވަޅު އެޅުމާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަރިކިއުލަމްގެ ތެރެއަށްވެސް ނުވަތަ އެހެން ދިމާލަކަށްވެސް އެބަ އަންނަން ޖެހޭ ތަޢުލީމާ އެކުގައި އަންނަން ޖެހޭ ތަރުބިއްޔަތުގެ ބައި. އެޑިއުކޭޝަންއާ އެއްވަރަށް އަޅުގަނޑުމެން މިކިޔާ ތަރުބިއްޔަތު އަންނަން ޖެހޭ. އޯލެވެލްއިން 8 ފާސް ހޯދައިގެން އަންނަ މީހާ އަނެކާއަށް އިޚްތިރާމް ކުރަން ނޭގެންޏާ އެ ފާހުގެ ބޭނުމެއް ނެތް. 9 ވަނަފަސް ކޮންމެވެސް ގޮތަކުން ފަހަތަށް ގޮސްފަ އެވީ. މިވަގުތު ތިބި ކުދިންނަށް ދޮގު މަޢޫލޫމާތު ފެތުރުމުން ސަލާމަތް ކުރުމަށް ގޮތްތަކެއް ކިޔައިދޭނީ " 

ވަޒީރު އަލީ އިޙްސާން 

މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 100 އަށްވުރެ ގިނަ މީހުން ބައިވެރިވި، މި ފޯރަމްގައި ވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ކިޔާދީފައެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗްލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންގެ ކުރިއަށް ގެންދިޔަ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ ދޮގު މައުލޫމާތު ފެތުރުން މަދުކުރުމަށް ސްކޫލު ނިންމާ ދަރިވަރުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ހޭލުންތެރިކުރުވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.