ނެޕް އަދި ސީ:ޔޫ.ޕީ ނިންމުމުގެ ތެރެއިން-- ފޮޓޯ/ޔޫތު މިނިސްޓްރީ
ހަބަރު
03 Dec 2025 | 12:01
މިދިޔަ 2 އަހަރު ތެރޭ އެކި ދާއިރާތަކުން 541 ޒުވާނުން ތަމްރީނުކޮށްފިން: ޔޫތު މިނިސްޓްރީ

ފާއިތުވި 2 އަހަރު ތެރޭގައި ޒުވާނުން ތަމްރީނު ކުރުމުގެ އެކިއެކި ޕްރޮގްރާމްތަކުގެ ތެރެއިން 541 ޒުވާނުން ތަމްރީނު ކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މައުލޫމާތުދީފިއެވެ.

މި ވުޒާރާއިން މައުލޫމާތުދިންގޮތުގައި، ފާއިތުވި 2 އަހަރު ތެރޭގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމްތަކުގެ ތެރެއިން 541 ޒުވާނުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 159 އަންހެން ކުދިންނާއި، 382 ފިރިހެން ކުދިންނެވެ. އަދި މިހާރުވެސް 172 ޒުވާނުން ދަނީ، މި ދެ ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ. މި ޕްރޮގުރާމްތަކަކީ ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް މުޖުތަމަޢުގައި ފަހި ފުރުސަތުތައް ހޯދާ ދިނުމަށް ސަރުކާރުން ހިންގަމުންދާ ޕްރޮގުރާމްތަކެކެވެ. 

މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި މިދިޔަ 2 އަހަރު 255 ޒުވާނުން ވަނީ އެޕްރެންޓިސްޝިޕް ޕްރޮގުރާމްތައް ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 30 އަންހެން ކުދިންނާއި 225 ފިރިހެން ކުދިންނެވެ. އަދި މިޕްރޮގްރާމް މިހާރުވެސް 132 ޒުވާނުން ދަނީ ފުރިހަމަ ކުރަމުންކަމަށް މިނިސްޓްރިއިން މައުލޫމާތުދެއެވެ. 

މީގެ އިތުރުން މި 2 އަހަރުގެ ތެރޭގައި ޖުމްލަ 286 ކުދިން ވަނީ ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގުރާމްތައް ފުރިހަމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 129 އަންހެން ކުދިންނާއި 157 ފިރިހެން ކުދިންނެވެ. އަދި މިހާރުވެސް 93 ޒުވާނުން ދަނީ މި ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ. 

މިނިސްޓްރީއިން ކުރިއަށް ގެންދަމުންދާ މި ޕްރޮގުރާމްތަކުގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މަދުކޮށް، އެ މަސައްކަތްތައް އިތުބާރާއެކު ކުރެވޭނެ ފެންވަރަށް ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށާއި، ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއެކު މަސައްކަތްކޮށް އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ދިވެހި ކޮންމެ ޒުވާނަކު ވެސް ހެދުމެވެ. އަދި ޒުވާނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރު ކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.