ދިރާސީ އައު އަހަރަށް ޔުނިފޯމަށް ގެންނަން ނިންމާފައިވާ ބަދަލުގެ ނަމޫނާ-- ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ
ހަބަރު
03 Dec 2025 | 13:54
2027 ގައި ސަރުކާރު ސުކޫލުތަކުގެ ރަސްމީ އަދި އެކްޓިވިޓީ ޔުނީފޯމު ބަދަލުވާ ގޮތުގެ ނަމޫނާ ސުކޫލް ތަކަށް ފޮނުވައިފި

2027 އިން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް ގެންނަން ނިންމާފައިވާ ބަދަލުގެ ނަމޫނާ އާއި ދަރިވަރުންގެ ޔުނިފޯމު ހުންނަންވާ ގޮތުގެ އުސޫލް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވައިފި އެވެ.

މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިޔުލާގައިވާގޮތުން ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމް އެއްގޮތް ކުރަން ނިންމާފައި ވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ، ނޫ ކުލައަށެވެ.

ޔުނިފޯމަށް ގެންނަން ނިންމާފައިވާ ބަދަލުގައި، ރަސްމީ ޔުނިފޯމުގެ ގަމީސް ހުންނަން ޖެހޭނީ ހުދު، ސްކައި ބްލޫ، ޓީލް ގްރީން ނުވަތަ މަޑު ރަތް ކުލައިގައެވެ. އަދި ރަސްމީ ޔުނީފޯމުގެ ފަޓުލޫނު/ސްކާޓް/ސޯޓު ހުންނަން ޖެހޭނީ ކަޅު ނުވަތަ ނޭވީ ބްލޫ ކުލައިން ކަމަށް އުސޫލްގައިވެ އެވެ.

ބުރުގާ އަޅާ ދަރިވަރުންނަށް ޔުނީފޯމު ކުލައަށް ވުރެ ގަދަ ކުލައެއްގެ ބުރުގާ ބޭނުން ކުރެވިދާނެއެވެ. އެގޮތުން ނޭވީ ބްލޫ، ރޯޔަލް ގްރީން ޑާކް ރެޑް ނުވަތަ ހުދު ކުލަ ބުރުގަލަށް ބޭނުން  ކުރެވިދާނެއެވެ. ނުވަތަ ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ވެސް ބޭނުންކުރެވިދާނެއެވެ. 

ފެހި، ރަތް އަދި ނޫ ނުވަތަ ސްކޫލުން ބޭނުންކުރާ ކުލައަކުން އެކްޓިވިޓީ ޔުނިފޯމު ލެވިދާނެ އެވެ. އެކްޓިވިޓީއާ އެކު ސްކާޓް ނުވަތަ ފަޓުލޫނު ހުންނަން ޖެހެނީ ކަޅު ކުލައިންނެވެ.

މި އުސޫލުގައި ވަނީ ކޮންމެ ކީސްޓޭޖަކަށް އަދި ކޮންމެ ގިންސަކަށްވެސް ވަކިން ޔުނީފޯމުގައި ހުންނަން ޖެހޭ ޝަރުތުތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ. 

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި  ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އަދި މި އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ޢުނބު
ޤައުމީ ދިދާއިގަ ހުންނަނީ ޓީލް ގްރީންތަ ؟ސިސްޓްމް ރަނގަޅު ކުރަންށޭ ކިޔާފަ ކޮންމެހެން ކުލައާއި ބެހެންވޭތަ.ފައިސާ ގިނަވީތަ
03 Dec 2025
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.