ޕާކިސްތާނުގެ ރެސްކިއުޓީމް ފުރުމުގެ ކުރިން... ފޮޓޯ: ޕީކޭ
ދުނިޔެ
03 Dec 2025 | 20:40
ޕާކިސްތާނުގެ ހާއްސަ ރެސްކިއުޓީމެއް ސްރީލަންކާއަށް

ސްރީލަންކާއަށް އެހީވުމަށް ޕާކިސްތާނުން ފޮނުވާ ހާއްސަ ރެސްކިއުޓީމް މިއަދު ކޮލަމްބޯއަށް ގޮސްފިއެވެ.

ޕާކިސްތާނުން ސްރީލަންކާއަށް ރެސްކިއު ޓީމެއް ފޮނުވާފައިމިވަނީ، އެޤައުމަށް އެރި ތޫފާނާއި ވެހުނު ބޯވާރޭގައި ފެންގަނޑު ބޮޑުވެ ކޯރުތައް ބަންޑުންވުމުގެ ސަބަބުން ހިނގާދިޔަ ހާދިސާތަކާ ގުޅިގެން އެހީވުމަށެވެ. ޕާކިސްތާނުން ބުނެފައިވަނީ ރެސްކިއުޓީމްގައި 67 މެމްބަރުން ހިމެނޭއިރު، ރެސްކިއުޓީމް ފޮނުވާފައިވަނީ ހާއްސަ އާލާތްތަކާއެކު ކަމަށެވެ.

އެގޮތުން ރެސްކިއުޓީމާއެކު ކޮންމެހެން ބޭނުންވާ 6 ޓަނުގެ ތަކެތި ފޮނުވިކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. ފޮނުވި ތަކެތީގެ ތެރޭގައި އުސްތަންތަނަށް އެރުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ޓެންޓާއި ލައިފްޖެކެޓް، ބްލެންކެޓް އަދި ކުޑަކުދިންނަށް ބޭނުންވާ އެކިއެކި ތަކެއްޗާއި ކާނާ ހިމެެނެއެވެ.

ޕާކިސްތާނުން ރެސްކިއުޓީމާއި އެހީގެ ތަކެތި ފޮނުވާފައިވަނީ ސިފައިންގެ އެއާ ކްރާފްޓެއްގައެވެ. ޕާކިސްތާނު ސަރުކާރުން ބުނެފައިވަނީ އިންޑިއާގެ ވައިގެ ސަރަހައްދަށް ވަދެވޭގޮތަށް އިންތިޒާމްތައް ހަމަޖެހިފައި އޮތްނަމަ އެހީގެ ތަކެތި އަވަހަޑް ފޮނުވުނީސްކަމަށެވެ. ނަމަވެސް އިންޑިއާއިން މިކަމުގައި އުނދަގޫތަކެއް ކޮށްފައިވާކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ