ރޭގެ ބައްދަލުވުމުގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Dec 2025 | 11:05
އަދަދުތަކާއެކު ރައީސް ވިދާޅުވެ ދެއްވީ ”ފަސް މިނެޓް ތެރޭގައި“ ވާނުވާ އުވާނުލެވޭނެ ސަބަބުތައް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންފަދަ ބޮޑެތި ކުށްތައް ކޮށްގެން ވާނުވާ ޖަހާފައި ތިބި މީހުން ދޫކޮށްލުމަކީ އެމަނިކުފާނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށާ، އެއީ އެމަނިކުފާނު ކޮށްގެންވާނެ ކަމެއްވެސް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރޭ ރައީސް މުޢިއްޒު މާފަންނު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދެއްކި އާއްމުންގެ މީހަކުވަނީ، ހޯމް މިނިސްޓަރު ޢަލީ އިހްސާން އަންގަވައި، ޕީޖީއަށް ދަންނަވައިގެން ވާނުވާ ބަންދު އުވާލެވޭނެ ކަމަށާ، އެކަމަށް ނަގާނީ އެންމެ ފަސް މިނެޓް ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެފައިވާކަން ފާހަގަކޮށް އެކަން އެގޮތަށް ކުރެއްވޭނެ ކަމަށް ބުނެފައެވެ. އަދި އެފަދައިން ނުފޫޒު ފޯރުވައިގެން އެކަން ކުރެވެން އޮއްވައި އެކަން ލަސްވަނީ ކީއްވެތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އެމަނިކުފާނުގެ ވަޢުދު ފުއްދަވާނެ ކަމަށާ، ނަމަވެސް އެއްވެސް ބޭފުޅަކު ސިޔާސީ  ވިސްނުމެއްގައި، ޒިންމާދާރުކަން ކުޑަގޮތެއްގައި ވިދާޅުވާ އެއްޗެއްގައި ނުޖެހޭނެ ކަމަށެވެ. 

ފަސްމިނެޓެއްނޫން އެއް ސުކުންތުގައި ދޫކޮށްލެވޭނެއޭ ވިދާޅުވިޔަސް އަޅުގަނޑެއް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު، ޓެރަރިޒަމްގެ ޢަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް، މާރާމާރީ ނުވަތަ މަރުގެ ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގް ޓްރެފިކް ކޮށްފައި ހުރި މީހެއް، ދޫކުރާކަށް އަޅުގަނޑު ހިތުން އަޅުގަނޑު ހައްގެއް ނޫން، އަޅުގަނޑަށް ލިބިފައި އޮތް ފުރުސަތެއްވެސް ނޫން، އަޅުގަނޑު ކޮށްގެންވާނެ ކަމެއްވެސް ނޫން. އެހެންވީމާ އެކަން ނުކުރަނީ 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ، "ވާނުވާ" ބަންދުގައި މިވަގުތު ތިބި މީހުންގެ ޢަދަދާއި، އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތައް އާންމު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން "ވާނުވާ" ބަންދުގައި މިވަގުތު 347 މީހުން އެބަ ތިބިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ 117 މީހަކާއި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުކުރެވޭ 116 މީހުންގެ އިތުރުން، ޓެރަރިޒަމާއި، މީހުން މެރުމާއި، މާރާމާރީގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ކަޅުފައިސާ ދޮވުމާއި، ހަށިވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި ބަޔަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ކުށްކުށުގައި ހައްޔަރުކުރެވިފައިވާ ބަޔަކު، ބަލަންޖެހޭ މިންވަރަށް ކަންކަމަށް ބެލުމެއް ނެތި މުޖުތުމަޢުގެތެރެއަށް ދޫކޮށްލުމަށް އެއްވެސް ރައްޔިތަކު ބޭނުންފުޅުވާނެތޯ ރައީސުލްޖުމްހޫރިއްޔާ ވަނީ ސުވާލުކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ވާނުވާ ބަންދު ޖަހާފައި ހުރި މީހަކު މިނިވަން ކުރަން ނުވަތަ ބަންދު ކުރާކަށްވެސް ސަރުކާރުން ނާންގާނެ ކަމަށެވެ. 

މި ސަރުކާރަކުން ޖުޑިޝަރީ ތެރެއަކަށް ނުވަންނާނެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މާލީ އަދި އިދާރީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ހޯއްދަވައިދެއްވާފައިވާނެ ކަމަށާ، އަދުގެ ސަރުކާރަކީ ވަކި މީހަކަށް ވަކި ގޮތަކަށް ޙުކުމެއް ކުރުމަށް ޝަރުޢީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ސަރުކާރެއް ނޫން ކަމަށާ، ކުރިއަށް އޮތްތަނުގައިވެސް އެކަން އޮންނާނީ އެގޮތުގައި ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށްދެއްވާފައެވެ.

ކޮމެންޓް
ްއެހެނަސް
އަހަރެން މިއީ މިސަރުކާރު ގެންނަން މަސައްކަތް ކުރި މީހެކޭ ކިޔާފަ އޭގެ އިތުރުން ޕީއެންސީ ޕާޓީއައް ތާއިދު ކުރާ މީހެކޭ ކިޔާފަ އަރާ އެމްޑީޕީ ކުދިން ރައީސައް އެއްޗެހިކިޔާ ހަދަނީ
05 Dec 2025
ކަބަލުން
ވާނުވާ އުވާނެ ކަމެއްނެތް ސަރިއްއަތް އަވަސްކުރޭ އޭރުން އެވާނުވާއުވުނީ ވައުދު ވެސް ފުށްދުނީ އެހެންނު.
05 Dec 2025
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.