އެލައިޑް ފެސްޓްގެ ދެވަނަ އައިލެންޑް ކޮމިއުނިޓީ އިވެންޓްގެ ތެރެއިން: ފޮޓޯ: އެލައިޑް
ވިޔަފާރި
05 Dec 2025 | 15:46
ފޯރިގަދަ "އެލައިޑް ފެސްޓް" މިއަދާއި މާދަމާ އާޓިފިޝަލް ބީޗްގައި!

އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ އާއިލީ ހަވީރު "އެލައިޑް ފެސްޓް"ގެ މި އަހަރުގެ 4 ވަނަ އެޑިޝަން މިއަދާއި މާދަމާ މާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

މާލީ ބާރުވެރިކަމަށް ހޭލުންތެރިކޮށް، އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމްތަކާއިއެކު ކުރިޔަށްގެންދާ މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި ހަވީރު 4:00 އިން 6:00 އަށް މާލޭ އާޓިފިޝަލް ބީޗްގައެވެ.

އެލައިޑުގެ 40 ވަނަަ އަހަރީ ދުވަހާއި ގުޅުވައިގެން ތިން ފަހަރެއްގެ މަތިން މި ހަރަކާތް މި އަހަރު ތެރޭގައި ބާއްވަން އެކުންފުނިން ވަނީ ނިންމާފައެވެ.

މިގޮތުން މި އަހަރުގެ ފުރަތަމަ އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށި ސިޓީގައެވެ. ދެވަނަ އިވެންޓް ބާއްވާފައި ވަނީ އައްޑޫ ސިޓީގައެވެ. މި ދެ ސިޓީގައި ބޭއްވި އިވެންޓްގައިވެސް އެތައް ބަޔަކު ބައިވެރިވިއެވެ. އެންމެ ފަހުން ބޭއްވި އިވެންޓް ބާއްވާފައި ވަނީ ފުވައްމުލައް ސިޓީގައެވެ. ފުވައްމުލައް ސިޓީގައި ބޭއްވި އިވެންޓުގައި 3،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. 

މިއަދާއި މާދަމާ އޮންނާނީ މި ހަރަކާތުގެ މި އަހަރުގެ ފަހު ބުރެވެ.

އެލައިޑުން މައުލޫމާތު ދޭގޮތުގައި "އެލައިޑް ފެސްޓް"އަކީއާއިލާތަކަށް ހާއްސަކޮށްގެންގެން އާއްމުކޮށް ކުރިއަށް ގެންދާ އިވެންޓެއް ކަމުން، އާއިލާތަކަށް ހާއްސަ ސޭވިން އަދި މާލީ ރައްކާތެރިކަން ހޯދޭނެ އިންޝުއަރަންސް ޕްލޭންތަކާއި ތަކާފުލް ޕްލޭންތަކާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށް ގެންދާނެއެވެ.

މިފަހަރުގެ އެލައިޑް ފެސްޓް އިވެންޓްގައި

ކުޑަކުދިންނަށް ހާއްސަ ތަފާތު ގޭމްތައްޕްލޭ ޒޯންތަކާއި، ކްރިއޭޓިވް ކޯނާއެލައިޑްގެ ޕްރޮޑަކްޓްތަކަށް ހޭލުންތެރި ކުރުވަން ހާއްސަ ބޫތްކުޑަކުދިންނަށް ގިފްޓް ޕެކްހާއްސަ ލަކީ ޑްރޯ

އެލައިޑުން ބުނީ އާއްމުކޮށްވެސް އެލައިޑް ފެސްޓް އިވެންޓް ބާއްވާ ގޮތަށް، މިއަހަރުގެ އިވެންޓަކީވެސް ތަފާތު މަޖާ އިވެންޓަކަށް ވެގެން ދާނެ ކަަމަށެވެ. އަދި ދެ ދުވަހުގެ ފެސްޓިވަލް ތެރޭގައި ބައިވެރިންނަށް ލަކީ ޑްރޯއެއްގައި ބައިވެރިވުމާއި، ތަފާތު އެކި އިނާމުތައް ލިބުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.