ލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ތެރެއިން-- ފޮޓޯ/ ޔަހޫނިއުސް
ދުނިޔެ
06 Dec 2025 | 13:02
ތޫފާނާއި ގުޅިގެން ލަންކާގައި މަރުވި މީހުންގެ އަދަދު 627 އަށް

ސްރީލަންކާއަށް އެރި ތޫފާން ދިތްވާއާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 627 އަށް އަރައިފިއެވެ. 

އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޮވެންބަރު 27 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މި ތޫފާނުގެ ސަބަބުން 627 މީހުން މަރުވެ، 190 މީހުން ގެއްލިފައިވެއެވެ.

ލަންކާއަށް ކުރިމަތިވި ތޫފާން ދިތްވާގެ ސަބަބުން އެ ގައުމުގެ 2 މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ވަނީ އެކަމުގެ ސަބަބުން ގެއްލުންތައް ލިބިފައެވެ. އެއީ އެގައުމުގެ އާބާދީގެ 10 އިންސައްތަ މީހުންނެވެ.

ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 38,500 ސިފައިން ހަރަކާތްތެރި ވަމުންދާއިރު، މިހާތަނަށް 31,116 މީހުން ސަލާމަތް ކުރެވިފައިވާކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން މައުލޫމާތު ދީފައިވެއެވެ. 

ރިޕޯޓުތައް ބުނާގޮތުން ލަންކާއަށް ކުރިމަތިވި ގުދުރަތި ކާރިސާތަކުގައި ޖުމުލަ 75,000 އަށްވުރެ ގިނަ ގެދޮރަށް ގެއްލުން ލިބިފައިވެއެވެ. މިކަމާއި ގުޅިގެން އެގައުމުގެ ސަރުކާރުން ބުނީ މި ގެއްލުންތަކުން އަރައިގަތުމަށް 7 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޭދަވާނެކަމަށެވެ. 

އެގައުމަށް މި ނުރައްކާތެރި ކާރިސާ ކުރިމަތިވެފައިވަނީ އީސްޓާ ބޮމުގެ ހަމަލާ އާއި އެނޫންވެސް ކުރިމަތިވި ކަންތައްތަކާއި ގުޅިގެން ޤައުމުގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓިފައި ވަނިކޮށެވެ. ލަންކާ ސަރުކާރުން ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިފައިވާއިރު، ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ލަންކާއަށް އެކި ގޮތަގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ