ރައީސް ނަޝީދު.. ފޮޓޯ: ބްރިޓޭނިކާ
ހަބަރު
06 Dec 2025 | 17:38
ދަރިވަރުން ތިބެނީ އެކަށީގެންވާވަރަށް ނިވާވެގެން. ފޮތިގަންނަން އިތުރަށް ހަރަދުކުރުމުގެ ބޭނުމެއްނެތް: ނަޝީދު

ދަރިވަރުން ތިބެނީ އެކަށީގެންވާވަރަށް ނިވާވެގެންކަމަށާއި، ޔުނީފޯމް ފޮތިގަންނަން އިތުރަށް ހަރަދުކުރުމުގެ ބޭނުމެއްނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަރިވަރުންގެ ސްކޫލް ޔުނީފޯމާ ގުޅޭގޮތުން އެޑިއުކެޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ އެކަމުގައި އެމަނިކްފާނު ދެކެވަޑައިގަންނަވާ ގޮތުގެ ރަޢުޔު ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި އެންމެ ގިނަބަޔަކު އަޅައިގަތީ ގްރޭޑް 4 ކުން މަތީގެ އަންހެން ދަރިވަރުން ސްކާޓެއް ލާނަމަ ހަރުވާޅެއް ލުން ލާޒިމްކޮށްފައި އޮތްއޮތުމަށެވެ. 

މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިހާރުވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާވަރަށް ނިވާވެގެން ކަމަށާއި، ޔުނީފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއްކަމަށެވެ.


ރާއްޖޭގައި 90،000 ދަރިވަރުން ތިބިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ޔުނީފޯމަށް އެކަނިވެސް ބެލެނިވެރިއެއްގެ އަތުން 900 ރުފިޔާ ހަރަދުވާނޭކަމަށެވެ. އެގޮތުން ބެލެނިވެރިންގެ އަތުން 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައި އެފައިސާ ފޮތިފިހާރައަކަށް ދިނުމަކީ ދެކޮޅު ޖެހޭކަމެއް ނޫންކަމަށެވެ.

ޔުނީފޯމް ކޯޑަށް ބަދަލު ގެނައި މައްސަލާގައި ބައެއް ފަރާތްތަކުން ފަޑުކިޔަމުންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ދަނީ އެއީ ގެންނަން ޖެހޭ ބަދަލެއްކަމަށް ބުނަމުންނެވެ. 

ކޮމެންޓް
ކަބަލުން
ދަރިވަރުން ތިބެނީ ނިވާވެގެންނެށްނޫ ހުރިހާ ކުދިން ހަރުވާޅުލަށްވަންވީ އެއީ ރަގަޅުގޮތް.
06 Dec 2025
ގަލަން
ކޮންމެ އަހަރެއްގަވެސް ފޮތިގަނެގެން ޔުނިފޯމް ފަހައިގެން ސުކޫލްއަށްދަނީ ނޫނީ ޔުނިފޯމް ގަނެގެން
07 Dec 2025
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.