އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ... ފޮޓޯ: އެމްޑީpI
ހަބަރު
07 Dec 2025 | 10:30
ޔުނީފޯމަށް ބަދަލު ގެނައީ އެކަމުގައި ރަނގަޅު މަޤްސަދެއް އޮވެގެނެއްނޫން: ޝާހިދު

އެޑިއުކޭޝަން މިނިސްޓްރީން މިފަހުން ޔުނީފޯމް ކޯޑަށް ބަދަލުގެނައީ އެކަމުގައި ރަނގަޅު މަޤްސަދެއް އޮވެގެނެއް ނޫންކަމަށް ކުރީގެ ހާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދަރިވަރުންގެ ސްކޫލް ޔުނީފޯމާ ގުޅޭގޮތުން އެޑިއުކޭޝަނުން ގެނައި ބަދަލާ ގުޅިގެން ޝާހިދު ވިދާޅުވީ، ސަރުކާރުގެ ދޯހަޅި މި ސިޔާސަތުގެ ސަބަބުން ދިވެހި އާޢިލާތަކަށް މާލީގޮތުން ނިކަމެތިކަން ލިބިފައިވާ ވަގުތެއްގައި އިތުރުޚަރަދުތަކެއް ކޮށް ޔުނިފޯމު ބަދަލުކުރަން ޖެހޭގޮތަށް ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމާބެހޭ އުޞޫލު އެކުލަވާލަވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން ޔުނީފޯމް ކޯޑަށް މިބަދަލުގެނައުމުގައި ބެލެނިވެރިންގެ ޚިޔާލާ މަޝްވަރާ ފުޅާދާއިރާއެއްގައި ހޯދާފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން މިބަދަލާބެހޭ އެކަށީގެންވާ މަޢުލޫމާތު ރަސްމީޙައިސިއްޔަތުން ބެލެނިވެރިންނާ ޙިއްސާކުރަމުން ނުދާތީ ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މިކަމާގުޅިގެން މިނިސްޓްރިގެ އިސްފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކުގައި އޮޅުންއަރާގިނަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ މިކަމުގައި ސާފު މަޤުޞަދެއް އޮތްކަމަށް ޤަބޫލުކުރަން ދަތިކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިސްޓްރީން ނިންމާ މިފަދަ ކަންކަމުގެ މަޢުލޫމާތު ފޮރުވުމެއް ނެތި ޢާންމުކޮށް ހާމަކުރަމުން ގެންދިޔުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ޔުނީފޯމް ކޯޑަށް ގެނައި ބަދަލާ އެންމެބޮޑަށް ފާޑުކިޔަމުންދަނީ އިދިކޮޅު ފަރާތްތަކުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުގެ އެންމެބޮޑު ކަންބޮޑުވުމަކީ، ގްރޭޑް 4 ކުން މަތީގެ އަންހެން ދަރިވަރުން ސްކާޓެއް ލާނަމަ ހަރުވާޅެއް ލުން ލާޒިމްކޮށްފައި އޮތްއޮތުމުންނެވެ. 

މިކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ދަރިވަރުން ތިބެނީ އެކަށީގެންވާވަރަށް ނިވާވެގެންކަމަށާއި، ޔުނީފޯމް ފޮތިގަންނަން އިތުރަށް ހަރަދުކުރުމުގެ ބޭނުމެއްނެތްކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. ރައީސް ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރުވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާވަރަށް ނިވާވެގެން ކަމަށާއި، ޔުނީފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއްކަމަށެވެ. 

އެގޮތުން ސްކޫލް ދަރިވަރުން ޔުނީފޯމް ހަރަދަށް ބެލެނިވެރިންގެ އަތުން 80 މިލިއަން ރުފިޔާ ފޮތިފިހާރައަށް ހޭދަކުރުމަކީ އެކަމުގައި އެއްވެސް މާނަހުރިކަމެއް ނޫންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ބޯގޯސް
އިސްލާމް ދީނުގައަރަނީކުރާކައްމަސްވަރާކުރާކައްނުޖެހޭނެ
07 Dec 2025
މުހައްމަދު
ޢަބްދުﷲ Abdullah - “Servant of Allah” / Shahid “One who testifies” or martyr މިފަދަ ނަމެއް މިބޭފުޅާ ކިޔާތީ އަޖައިބު ވަން.
07 Dec 2025
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.