އަލްވަދާޢު ޕޯސްޓަރު
ހަބަރު
07 Dec 2025 | 11:00
އަލްވަދާޢު: ފިލްމު ބެލި މީހުންގެ ފަރާތުން ތައުރީފް އޮހެނީ

މިއީ ކުރިންވެސް ހީކުރެވުނު ކަމެކެވެ. އޮލިމްޕަހުގައި މިހާރު ދައްކަމުންދާ އަލްވަދާޢުގެ ޕޯސްޓަރު އަދި ޓްރެއިލާ އާއްމުކުރި ހިސާބުން މީހުންގެ ހިޔާލުތައް ފާޅުކުރަން ފެށިއެވެ. އަލްވަދާޢު ވެގެން ދާނީ މިއަހަރުގެ ތެރޭގައި ދިވެހި ސިނަމާއިން ފެނިގެންދާނޭ އެންމެ ތަފާތު ފިލްމަށެވެ. އެކަން ހިނގައިދިޔައީވެސް އެހެންނެވެ. 

އޮލިމްޕަހުގައި އަލްވަދާޢު އެޅުވުމަށްފަހު ސޯޝަލް މީޑިއާގައި ފިލްމް ބެލި މީހުންގެ ކޮމެންޓްތަކަށް ބަލާއިރު، މި ފިލްމަކީ ހަމައެކަނި މިއަހަރު ނިކުތް އެންމެ ތަފާތު ފިލްމެއް ނޫނެވެ. ބެލުންތެރިން އަލްވަދާޢު ސިފަކުރީ މިއީ އޮލިމްޕަހުން މިހާތަނަށް ފެނިގެންދިޔަ އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގައެވެ. 

ފިލްމް ބަލާމީހުން ބޭނުންވަނީ ކޮންމެ ފަހަރަކުވެސް ތަފާތު އެއްޗެއް ބަލާލުމަށެވެ. ޑާކްރެއިނުން މިފަހަރުވެސް އެކަން ކޮށްދީފައިވާކަމަށް ފިލްމު ބެލި މީހުން ވަނީ ބުނެފައެވެ. އެގޮތުން ފިލްމްގެ ވާހައިގެ އިތުރުން، ފިލްމުގައި ފެނިގެންދާ އެކްޓަރުންގެ އެކްޓްވެސް އެހާމެ މޮޅުކަމަށް ބެލުންތެރިން ވަނީ ކޮމެންޓްކޮށްފައެވެ. އަދި ފިލްމްގެ ފެންވަރާއި، މިއީ ދެވަނަ ފަހަރަށްވެސް ބަލައި ނުލައި ދޫކޮށް ނުލެވޭނޭ ފިލްމެއްކަމަށްވެސް ފިލްމާ ބެހޭގޮތުން ބައެއް މީހުން ކޮމެންޓް ކުރިއެވެ.

އަލްވަދާއުއަށް ބެލުންތެރިންގެ ފަރާތުން އައި ބައެއް ކޮމެންޓްތައް...

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ޑާކްރެއިނުން ތައްޔާރުކުރި މި ފިލްމުގެ ޝޯތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ބެލުންްތެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ޓިކެޓް ބުކްކުރަން ބަލާއިރު ފުލްވެފައި އޮތުމެވެ  މިކަމާ ގުޅިގެން ޑާކްރެއިނުން ވަނީ އެއްދުވަހެއްގައި ދެ ގަޑިއަށް ފިލްމު ދެއްކުމަށްވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް އޮލިމްޕަސް ހިންގާ ފަރާތުގެ އިންތިޒާމްތައް ހުރިގޮތުން އެކަންވަނީ ކާމިޔާބުނުވެފައެވެ. 

ފިލްމްގެ ޝޯތައް ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ޓިކެޓް ގަތުމަށް ބޭނުންނަމަ 9911229 ނަމްބަރަށް ވައިބަރ ކުރުމުން އޮލިމްޕަހަށް ނުގޮސް ޓިކެްޓް ގަނެވޭނޭކަމަށް ޑާކްރެއިނުން ބުނެއެވެ.

"އަލްވަދާއު" މި ފިލްމުގެ ސްކްރީން ޕްލޭ ގެނެސްދީފައިވަނީ ޝަހުދާ މަހްމޫދެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި މި ފިލްމްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. އަދި ހަމަ އެހެންމެ މި ފިލްމުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި، އަލިފާނުން މުޅިން ތަފާތު ގޮތަކަށް ފެނިގެންދިޔަ ޝީލާ ނަޖީބް ވެސް ފެނިގެންދާނޭކަމަށް ޑާކްރެއިނުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.