ގދ. ތިނަދުއަށް ކުރަމުންދާ ވިއްސާރާއިގެ ތެރެއިން-- ފޮޓޯ/އެމްއެންޑީއެފް
ހަބަރު
07 Dec 2025 | 12:00
ގދ. ތިނަދުއަށް ބޯކޮށް ވާރޭ ވެހި ގެއްލުންތަކެއް ވެއްޖެ

ގދ. ތިނަދުއަށް ރޭ ދަންވަރުން ފެށިގެން ވެހުނު ވާރޭގެ ސަބަބުން އެ ރަށުގައި ފެންބޮޑުވެ، ގޭގެއަށާއި ސަރުކާރު ބައެއް އޮފީސްތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ވެއްޖެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ބުނީ އެރަށުގައި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ރަށުގެ ވަރަށް ގިނަ ގޭގެއަށް ފެން ވަދެ، ބައެއް ގެތަކުގައި ކޮޓަރިތަކުގައިވެސް ފެންބޮޑުވެ، އެނދާއި އެހެނިހެން ފަރުނީޗަރުތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. ނަމަވެސް މި ހާދިސާގައި ފެން ވަދެފައިވަނީ ސީދާ ކިތައް ގެއަށް ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.މި ވާރޭގައި އެރަށުގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވެސް ވަނީ ފެން ވަދެ، އެތައް ގެއްލުންތަކެއް ލިބިފައިކަމަށް ވެސް މައުލޫމާތުލިބެއެވެ. 

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ހަރަކާތްތެރިވަމުންދާކަމަށާއި، އެ ރަށުގެ މަގުތަކުން ފެން ހިންދަން ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތިނަދޫގައި ފެންބޮޑުވި އިރު، މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރޭ ފަތިހު 4:30 އިން ހެނދުނު 9:30 އަށް ގއ. އަތޮޅުން ފެށިގެން އައްޑުއަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވިއްސާރަކޮށްފައިވަނީ ގދ. އަތޮޅުގެ ރަށްރަށަށެވެ. އެގޮތުން އެންމެ ބޯކޮށް ވިއްސާރަކުރީ ގދ. ކާޑެއްދޫއަށާއި ގދ. ފަރެސްމާތޮޑާއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.