ކްރިމިނަލް ކޯޓު: ފޮޓޯ/ ވޮއިސް
ހަބަރު
07 Dec 2025 | 11:32
ހަވާލުވި ފޮށިގަނޑުން މަސްތުވާތަކެތި ފެނި، 18 އަހަރަށް ޖަލަށްލައި ބޮޑު ޖޫރިމަނާއެއް

”ރައްޓެއްސަކު“ ބުނެގެން ހަވާލުވި ފޮށިގަނޑަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި، ފޮށިގަނޑާ ހަވާލުވި މީހާ 75،000 ރުފިޔާއިން ޖޫރިމަނާކޮށް 18 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ. 

މި މައްސަލާގައި ދައުވާކޮށްފައިވަނީ ހދ. ކުމުންދޫ ނަރުގިސްވިލާ އަހްމަދު އައްފާން އަދި، ވ. ސިނަމާލެ، ޝާހިލް މުހައްމަދުގެ މައްޗަށެވެ. 

އެމީހުންގެ މައްޗަށް ކޮށްފައިވަނީ، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އެތަނުން އައްފާނުގެ މައްސަލަ ނިމި، މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވާފައިވާއިރު، އޭގައިވާގޮތުން މި ހާދިސާ ހިނގީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

އެގޮތުން ޖުލައި 25 ވަނަ، އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ޒިޔާރަތްކުރި ޕާކިސްތާނު މީހަކު ކަމަށްވާ މޮލްވި މުހައްމަދު ހާރޫން ގެނައި ފޮއްޓަކާ ހަވާލުވާން އައްފާން ދިޔައީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ބުނީ އެކަން ކުރީ ރަށްޓެއްސެއް ބުނެގެން ކަމަށެވެ. 

އެގޮތުން އެ ރަށްޓެހިމީހާ އޭނާއަށް ގުޅައި ހެންވޭރު އޯސީސީ ކައިރީގައި ހުރި މީހަކު ތަނަކަށް ލައިދޭން އެދުމުން، އެތަނަށް، ދިޔައިރު، އެ ތަނުގައި މީހަކު ހުރިކަމަށާއި، އެއީ އޭނާ ކުޅެންދާއިރު ފެންނަ މީހެއްކަމަށާއި އޭނާގެ ނަމަކީ، 'އައްމަޑޭ' ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައި ވެއެވެ.

އެތަނުގައި، މަޑުކުރުމަށާއި، އޭނާއާ، ހަވާލުކުރަން މީހަކު އެއްޗެއް ގެންނަ ކަމަށާއި އެ، ހިފައިގެން ދާން މަޑުކުރުމަށް 'އައްމަޑޭ' ބުނުމުން އެތަނުގައި، މަޑުކޮށްގެން، ހުއްޓާ 'އައްމަޑޭ' ފާޚާނާއަކަށް ދާންޖެހިގެން އޭނާގެ ގެ އެ ހިސާބުގައި ހުރުމުން ފާޚާނާކުރުމަށް ގެއަށް ދިޔަކަމަށާއި، ދަމުން، އަޙްމަދު، ޢައްފާނުއަށް. 50/- (ފަންސާސް) ރުފިޔާ ދިން ކަމަށްވެސް ވެއެވެ.

އަދި ފޮށިގަނޑު ހިފައިގެން އައުމުން އެ، ފައިސާ ދިނުމަށް 'އައްމަޑޭ' ބުނިކަމަށާ، އިރުކޮޅަކުން މީހަކު ފޮށްޓެއް ހިފައިގެން އައުމުން، އެ، ފައިސާ އެ މީހާއަށް، ދިނުމަށްފަހު ޢައްފާނު ފޮށްޓާ ހަވާލުވިކަމަށް ތަހުގީގުގައި ބުނެފައިވާ ކަމަށް ހުކުމުގައިވެއެވެ. 

”ރައްޓެއްސެއް“ ކަމަަށް ބުނި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގުނު

ޢައްފާނު ފޮށްޓާ ހަވާލުވާން ދިޔުމުން ފުލުހުން އޭނާ ހިފަހަށްޓައި ސުވާލުކުރުމުން ޢައްފާނު ފުލުހުންގެ ގާތުގައި ބުނެފައިވަނީ 'މާޒިން" ނަމަކަށް ކިޔާ މީހަކު އޭނާއަށް، މެސެޖުކޮށް، އެތަނަށް، އައިސް، އައްމަޑޭއާ ބައްދަލުކުރުމަށް ބުނިކަމަށާ، އަދި، އައްމަޑޭ ގޮވައިގެން، އޭނާ ބުނާ ތަނަކަށް ދިޔުމަށް، ބުނިކަމަށް ބުނެފައިވާ ކަމަށެވެ. 

އެގޮތުން އައްފާން އައްމަޑޭއާ ބައްދަލުކުރަން ދިޔައީ ”MR“ ނުވަތަ 'މާޒިން' ބުނެގެން ކަމަށާ އެއީ އޭނާގެ ރައްޓެއްސެއްކަމަށް ތަހުގީގު ބަޔާނުގައި ބުނެފައިވާ ކަމަށް ހުކުމުގައި ވެއެވެ. ނަމަވެސް 'މާޒިން' އެ ފޮށި ބަލައިދިއުމަށް އެދި ޢައްފާނުއަށް މެސެޖުކުރިކަމަށް އޭނާ ބުނި ނަމަވެސް އެ މެސެޖު ފޯނުން ފެނިފައި ނުވާ ކަމަށް ފުލުހުންގެ ތަހުގީގުން އެނގޭކަމަށްވެސް ބުނެފައިވެއެވެ.  

އަދި މާޒިން އަކީ ރައްޓެއްސެއްކަމަށް ތަހުގީގުގައި ބުނެފައިވާއިރު، ތަހުގީގުގައި ވެސް، އަދި ޝަރީއަތުގައި ވެސް، އެއީ ކާކުކަން އެނގޭނެ އެއްވެސް، އިތުރު މައުލޫމާތެއް ދީފައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އައްފާނުގެ ފޯނުގެ ތަހްލީލުކޮށް އެނގުނު މައުލޫމާތު ތަކުން ޢައްފާނު ހަވާލުވި ފޮށީގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭކަން، ބަޔާންކޮށްދޭ ހެކިތަކެއް ފެންނަން ނެތް ނަމަވެސް އައްފާނުއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަން ކޮށްފައިހުރި މެސެޖުތަކުން އެނގޭކަން ހުކުމުގައި ފާހަގަކޮށް، އެކަމުގެ ތަފްސީލްވެސް ބަޔާންކޮށްފައިވެއެވެ.

މައްސަލައިގައި އައްފާންގެ ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން ޝަރީއަތުން ފާހަގަކޮށްފައިވާއިރު މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ވަނީ އައްފާން 18 އަހަރަށް ޖަލަށްލުމާ އެކު 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.