ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
07 Dec 2025 | 11:38
ފަގީރުންނަށް ހާއްސަކޮށް ބެނެފިޝިއަރީ ކާޑެއް ތައާރަފްކުރަނީ

އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ފަގީރުންނަށް ހާއްސަ ބެނެފިޝިއަރީ ކާޑެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ޒަކާތް ހައުސްއާއި ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ޒަކާތް ބެނެފިޝިއަރީ ކާޑެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 

ވަޒިރު ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި ޖެހިފައިތިބި ކޮންމެ ފަގީރަަކަށް އެ ކާޑު ފޯރުކޮށްދެވޭނެކަމަށެވެ. އަދި ޒަކާތު ހައުސިން ކޮންމެ އަހަރަކު ވެސް އޭނާއަށް ކަނޑައަޅާފައި އޮންނަ އެހީ އެ ކާޑަށް ޖަމާކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އެ ކާޑުގެ ޒަރިއާއިން އެއީ ކާކުކަން ދެނެގަނެވޭނެ ކަމަށް ވެސްމައުލޫމާތުދެއެވިއެވެ.  

"މިސާލަކަށް ރޯދަ މަހުގައި އަޅުގަނޑުމެން މި ދިނީ ފަގީރު މީހާއަށް ކާބޯތަކެތި. އެހެންވީމަ އެ ކަމަށް ކަނޑައަޅާފައި އޮތް ބަޖެޓަކީ މިސާލަކަށް 5000 ރުފިޔާ. އެހެންވީމަ އެ 5000 ރުފިޔާއަށް ކަނޑައަޅާފައި ހުންނަ ފިހާރަތަކުން ތަކެތި ގަނެވޭނެ. އެތަނަށް އިނގޭނެ އެއީ ފަގީރެއްކަން." 

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މިނިސްޓަރު ވިދާޅުވީ އެ ކާޑު ތައާރަފްކުރުމުގެ ބޭނުމަކީ ޒަމާނާ އެއްވަރަށް ތަރައްގީވެ، ފަގީރު މީހާ އޮފީސްތަކާއި ތަންތަނަށް ހިނގުން މަދުކޮށް ފަސޭހަކޮށް ހިދުމަތްދެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ. 

ވަޒީރު ވިދާޅުވިގޮތުގައި ޖެނުއަރީ މަހުގައި އެ ކާޑު އިފްތިތާހްކުރުމަށް ދަނީ މަސައްކަތްކުރެވެމުންނެވެ. 

ޒަކާތު ނިޒާމު ހަރުދަނާ ކުރުމަށް ވޭތުވެދިޔަ 2 އަހަރު މުހިންމު ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް "ޒަކާތުގެ ޤާނޫނު" އެއް ތަސްދީޤުކުރައްވާ،  1 ޖެނުއަރީއިން ފެށިގެން ޤާނޫނު ތަންފީޒުކުރަން ފަށުމަށް ވަނީ ނިންމާފައެވެ. ޒަކާތުގެ ގާނޫނުގެ ހަރުދަނާކަމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. އަދި މި ވޭތުވެދިޔަ ދެ އަހަރަކީ، އެންމެ ގިނަ އަދަދަކުން ޒަކާތުގެ ފައިސާ ލިބުނު ދެ އަހަރުކަމަށްވެސް މިނިސްޓަރު މައުލޫމާތުދެއްވާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.