ވައްކަރު މޯލްޑިވްސް-- ފޮޓޯ/ބްރޭކިންގ ޓްރެވަލް ނިއުސް
ހަބަރު
07 Dec 2025 | 12:17
އިންޑިއަން އޯޝަންގެ ލީޑިން ރިސޯޓް 2025 ގެ ތަށި ވައްކަރު މޯލްޑިވްސް އަށް

ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އެއް މަގާމު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގެ 'އިންޑިއަން އޯޝަންގެ ލީޑިންގ ރިސޯޓް 2025' ގެ ތަށި، ދިވެހިރާއްޖޭގެ ވައްކަރު މޯލްޑިވްސްއަށް ލިބިއްޖެއެވެ.

މި ކާމިޔާބީ ހާސިލުކޮށްފައިވަނީ ރޭ ބަހްރެއިންގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލުގައެވެ. މިއީ ރާއްޖެއިން މި ކާމިޔާބީ ހޯދި 5 ވަނަ އަހަރެވެ. ބ. އަތޮޅުގައި އޮންނަ ވައްކަރު މޯލްޑިވްސް އިން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އިންޑިއަން އޯޝަންގެ ލީޑިން ރިސޯޓްގެ ލަގަބު ހޯދަމުންނެވެ.  

މި އެވޯޑަކީ ފަތުރުވެރިކަމުގެ ދުނިޔޭގައި އެންމެ މަތީ ފެންވަރުގެ ކަށަވަރުކަން ދޭ އެވޯޑެކެވެ. އެހެންކަމުން ވައްކަރު މޯލްޑިވްސްއަށް މި އެވޯޑް ލިބުމަކީ އެ ރިސޯޓުން ފޯރުކޮށްދޭ ޚިދުމަތާއި، މެހެމާންދާރީއާއި، އަދި އެމަންޒިލްގެ ރީތިކަމުގެ ރަމްޒެކެވެ.

މި އެވޯޑުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ނަމާއި މަގުބޫލުކަން ދުނިޔޭގެ ފެންވަރުގައި އިތުރަށް އުފުލިގެންދާނެއެވެ. ވައްކަރު މޯލްޑިވްސްއަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެހެން ރިސޯޓުތަކަށް ވެސް ހިތްވަރެއް ލިބި، އެކި ޚިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ބާރަކަށް ވާނެއެވެ. އެއީ މިފަދަ އެވޯޑުތަކަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާތީއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.