'ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން' އެވޯޑް-- ފޮޓޯ/މޯލްޑިވްސް އިންސައިޑާ
ހަބަރު
07 Dec 2025 | 12:52
'ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން'ގެ ލަގަބު އަނެއްކާވެސް ރާއްޖެއަށް

'ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން'ގެ ލަގަބު އަނެއްކާވެސް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. 

މި ލަގަބު ލިބިފައިވަނީ ރޭ ބަޙުރައިންގެ އެގްޒިބިޝަން ވޯލްޑްގައި ބޭއްވުނު ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލްގައެވެ. މިއީ ދިވެހިރާއްޖެއަށް މި މަގާމު ލިބުނުތާ ވިދިވިދިގެން 6 ވަނަ ފަހަރެވެ. 

މި ހަފްލާގައި ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ މަގާމުވެސް ރާއްޖެއަށް ވަނި ލިބިފައެވެ. މިއީ މި މަގާމު ވިދިވިދިގެން ހޯދުނު  2 ވަނަ އަހަރެވެ. 

1993 ވަނަ އަހަރު އުފައްދާފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުގައި ދެވޭ އެންމެ މަތިވެރި އިނާމުގެ ގޮތުގައި މުޅި ދުނިޔޭގައި ބަލައިގަންނަ އެވޯޑެކެވެ. މި އެވޯޑްތަކުން ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ހުރިހާ ދާއިރާއެއްގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަން ކުރެވެއެވެ. މި އެވޯޑްތަކުގެ ނަތީޖާ ނިންމަނީ ސިނާއަތުގެ ފަންނާނުންނާއި އާންމުންގެ ބައިނަލްއަޤުވާމީ ވޯޓުންނެވެ.

ވިދިވިދިގެން 6 އަހަރު ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ މަގާމު ހޯދުމަކީ ދިވެހިރާއްޖެއަށް ލިބުނު ތާރީޚީ ކާމިޔާބީއެކެވެ. މިއީ ދިވެހިރާއްޖެއަކީ ފެންވަރު ރަނގަޅު ހިދުމަތެއްދޭ މަންޒިލެއްކަން ސާބިތުކޮށްދޭކަމެކެވެ. އަދި ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ މަގާމު ވިދިވިދިގެން 2 ވަނަ ފަހަރަށް ހޯދުމަކީ، ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްޤީކުރުމަށާއި، ރާއްޖޭގެ ކަނޑުގެ ވަސީލަތަތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ދެމިހުރެ ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެކެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ މި ދެ ޝަރަފުގެ އިތުރުން ރާއްޖެއަށް ވަނީ ސަރަހައްދީގޮތުންވެސް 3 ކާމިޔާބީއެއް ލިބިފައެވެ. އެއީ އިންޑިއަން އޯޝަންސް ބެސްޓް އެމްއައިސީ ޑެސްޓިނޭޝަން 2025، އިންޑިއަން އޯޝަންސް ބެސްޓް އިންސެންޓިވް ޑެސްޓިނޭޝަން 2025 އަދި އިންޑިއަން އޯޝަންސް ބެސްޓް ޓޫރިޒަމް އޮތޯރިޓީ ވެބްސައިޓް 2025 އެވެ. 

މި ޝަރަފުތައް ލިބިފައިވަނީ ރާއްޖެއިން އެއް އަހަރު ދުވަހު ހޯދި ކާމިޔާބީ ތަކުގެ މައްޗަށެވެ. މިއަހަރު ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއިން ވަނީ އެތައް ކުރިއެރުމެއް ހާސިލުކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމަކީ އަހަރެއް ނިމުމުގެ ކުރިން 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމެވެ.

އެގޮތުން މި ކާމިޔާބީއާއެކު، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިސް ދައުރެއް އަދާކުރާ ޤައުމެއްކަން އަނެއްކާވެސް ސާބިތުވެގެންދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.