ރައީސް ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން... ފޮޓޯ: ރައީސް އޮފީސް
08 Dec 2025 | 00:58
އަންނަ މާރޗްމަސް ނިމުމުގެ ކުރިން ގިރާވަރުފަޅު ހިއްކައި ނިމޭނެ: ރައީސް

އަންނަ މާރޗްމަސް ނިމުމުގެ ކުރިން ގިރާވަރުފަޅު ހިއްކައި ނިމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ކަލާފާން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ގިރާވަޅުފަޅުން ގޯތިދޫކުރުމަށް ނިންމައި އެކަން ކުރިއިރު އެތަން އޮތީ ހިއްކައި ނުނިންމާކަމަށެވެ. ގިރާވަޅުފަޅުން ކުޑަ ތަންކޮޅެއް ހިއްކާފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުން ނިމުނުހާ އަވަހަކަށް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާނޭކަމަށެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެންމެ ފަހުން ގެނައި ދެ ޑްރެޖަރުގެ އެހީގައި މިމަހުގެ ތެރޭގައި ނިމިގެންދާނޭކަމަށެވެ. އޭގެ ފަހުން އެ ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަޅުފަޅު ހިއްކަން ފަށައި ގިނަވެގެން ތިން މަސްދުވަހުގެ ތެރޭގައި އެތަން ހިއްކައި ނިމޭނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ނިމުނުހާ އަވަހަށް އެތަންތަނުން ގެވަޅު ލިބުނު މީހުންނަށް ބިންތައް ހަވާލުކުރާނޭަކަމަށެވެ. މީގެ އިތުރުން ރައީސް މިރޭ ވިދާޅުވީ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެތަނުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާނޭކަމަށެވެ. 

ރައީސް ސޯލިހުގެ ސަރުކާރުގައި ހުޅުމާލެ ފޭސް ތިނެއް ނުހިއްކައި އެތަންތަނުން ގޯތި ދޫކޮށްފައިވާއިރު، މިއީ ބިމެއް ނުހިއްކައި ސަރުކާރަކުން ރައްޔިތުންނަށް ގޯތި ދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ބޭރުން ގެނައި ދެ ޑްރެޖަރާއެކު ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށްފައިވާއިރު، އެތަނުން ހިއްކަންޖެހޭ ބިމުގެ ދެބައިކުޅަ އެއްބައި މިހާރު ވަނީ ހިއްކައި ނިންމާފައެވެ. ހުޅުމާލެ ފޭސް ތިނަކުްނ 63 ހެކްޓަރު ހިއްކަން ނިންމާފައިވާއިރު، އިއްޔެގެ ނިޔަލަށް 30 ހެކްތަރުގެ ބިން ވަނީ ހިއްކައި ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.