ހެންވޭރު ރައްޔިތު ބައްދަލްވުމުގައި ރައީސް ރައްޔިތަކާއި ސަލާމް ކުރައްވަނީ --
ހަބަރު
08 Dec 2025 | 02:29
ފްލެޓް އަތުލި މީހުންނަށް އިތުރު ޝަރުތުތަކެއް ނެތި ފްލެޓް ލިބޭނެ: ރައީސް

ހިޔާ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ލިޔުންވެސް ދީފައިވާ މީހުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފްލްޓް އަތުލި މީހުން ފްލެޓް ދިނުމުގައި އިތުރު ޝަރުތުތަކަށް ނުބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއު ހިންގެވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. އެ މަޝްރޫޢު ހިންގެވިއިރު ހައުސިން މިނިސްޓަރަކީ ރައީސް މުޢިއްޒު އެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ކުރީން މިހާތަނަށް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ 7,000 ފްލެޓް ދޭނެ މީހުން ކަނޑައެޅި އެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން އެ ނިންމުމަށް ބަދަލުގެނަ އެވެ.

އެކަމުގެ ސަބަބުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ލިޔުންވެސް ދީފައިވާ އެތައް ބަޔަކަށް ފްލެޓް ގެއްލުނެވެ. އެ މީހުންނަށް ފްލެޓް ދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލު ކުރެއްވުމުގައި އާންމުންގެ މީހަކު ވަނީ އޭނާގެ ފިރިމީހާ އަތުން ކުރީ ސަރުކާރުން ފެލްޓް އަތުލާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެހެން މީހަކު ވަނީ އެމްޑީޕީއަށް ސޮއިނުކުރުމުން ފްލެޓް ނުދިން ކަމަަށް ބުނެފަ އެވެ.

އެ މީހުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ މި ސަރުކާރުން އެ މީހުންނަށް ފްލެޓް ދެއްވާނެ ކަމަށެވެ. އެއީ ރިޔާސީ ވައުދުފުޅެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން ހިންގާ ފުރަތަމަ ސްކީމަކުން އޭގެ ތެރެއިން ބަޔަކަށް ފްލެޓް ދެއްވާނެ ކަމަށެވެ.

އެއް ސްކީމަކުން ހުރިހާ އެންމެނަށް އެއް ފަހަރާ ފްލެޓް ނުދެވުނު ނަމަވެސް މި ސަރުކާރުން ފަށަން ހަމަޖައްސާފައިވާ 7500 ފްލެޓްގެ ތެރެއިން އެ ހުރިހާ މީހުންނަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މީހުންނަށް ހާއްސަ ކެޓަގަރީއެއް އޮންނާނެ ކަމަށެވެ. އެ މީހުންގެ މައްޗަށް އާންމު ޝަރުތުތައް ވެސް ނުހިނގާނެ ކަމަށް ވިދާޅުވި އެވެ.

"ހަމައެކަނި އެ ފަރާތްތަކުން ޖެހޭނީ އެޕްލައި ކޮށްލަން. އެއީ އިތުރު ޝަރުތެއް އޮތް ކަމެއް ނޫން. މި އަންނަ އައު ޝަރުތުތަކެއް އެ ފަރާތްތަކަކަށް ނޯންނާނެ," ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.