ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި

މަސްތުވާތަކެތި އަތުލައިގަތުން -- ފޮޓޯ: ފައިލް

ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފަތެވެ.

އެތަކެތީގެ ބަރުދަނުގައި 1.2 ކިލޯ ހުއްޓެވެ. މި ތަކެތީގެ މަގުމަތީ އަގު 936,000 އަރާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް