ކްރިމިނަލް ކޯޓު:
ހަބަރު
08 Dec 2025 | 10:25
އާއްމު ތަނެއްގައި ކަނޑިއަކާއި ވަޅިއެއް ގެންގުޅުނު މީހާއަށް އައީ 6 މަހުގެ ޖަލުހުކުމެއް؛ ޖަލުގައި ހުންނަންޖެހޭނީ އެންމެ މަހަކު

އާއްމު ތަނެއްގައި ކަނޑިއަކާއި ވަޅިއެއް ގެންގުޅުނު މީހަކު 6 މަސްދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ. 

މި މައްސަލާގައި ހުކުމް ކޮށްފައިވަނީ، ގދ.ހޯޑެއްދޫ ކެލާގެ މުޙައްމަދު ޢަރީފުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ މަގުބޫލު ސަބަބެއްނެތި އާއްމު ތަނެއްގައި ތޫނު އެއްޗެހި ގެންގުޅުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ޢަރީފުގެ މައްޗަށް ހުކުމް ކޮށްފައިވާއިރު ހުކުމުގައި ބުނެފައިވަނީ. މި އަހަރުގެ ޖުލައި 13 ވަނަ ދުވަހު 19:39 އެހައިކަށްހައިއިރު، ފުލުހުން މާލެތެރެ ޕެޓްރޯލްކުރަމުން ދަނިކޮށް، މާލެ ތެރޭގައި، ހަރަކާތްތެރިވާ ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ މީހުން ހަރަކާތްތެރިވާ ސަރަހައްދެއްގައި ޢަރީފުއާއި އިތުރު މީހަކު ހުއްޓާ ފެނުނުއިރު، ޢަރީފު ހުރީ ވަޅިއަކުން ޑަސްބިސް ޑަސްބިން ކޮތަޅެއް ނިއުޅުވަން މަސައްކަތް ކުރަމުން ކަމަށެވެ.

އަދި އެ ދެމީހުންގެ އަތުގައި، އަނިޔާވެރި، ޢަމަލެއް ހިންގުމަށް ގެންގުޅޭ ވަޅިއެއް ނުވަތަ އެ ބާވަތުގެ ނުރައްކާތެރި ތޫނު އެއްޗެއް އޮތްކަމަށް ތުހުމަތުކުރެވިގެން މި ދެ މީހުން ހުއްޓވައި ބަލައި ފާސްކުރިއިރު، މުޙައްމަދު ޢަރީފުގެ އަތުން، ތިލައިގައި ގާތްގަނޑަކަށް ދެ އިންޗި ހުރި ވަޅިއެއް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބަލައި ފާސްކުރުމަށްޓަކައި އޭނާގެ ޖީބުގައި ހުރި ތަކެތި، ނެގުމަށް ފުލުހުން ބުނުމުން،  ޖީބުން، ތިލައިގައި، ދެ އިންޗި ހުރި ސާޖިކަލް ވަޅިއެއް ނަގައި ބިންމައްޗަށް، ވައްޓާލާފައިވާ ކަމަށާ، އޭނާގެ އަތުގައި އޮތް، ޑަސްބިން ކޮތަޅު ނިއުޅުވައި ބެލިއިރު، އޭގެ ތެރެއިން ތިލައިގައި ދެ ފޫޓު ހުރި ކަނޑިއެއް ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

ހުކުމުގައި ވާގޮތުން، ދައުވާތަކާ ގުޅިގެން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި، މުޙައްމަދު ޢަރީފު ވަނީ ދަޢުވާއަށް އިޢުތިރާފުވެފައެވެ. އަދި ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. 

އިއުތިރާފްގެ އެއްބަސްވުން ބަލައިގަތުމަށް ނިންމާފައިވާތީ، އެ ކުށަށް ކަނޑައެޅިފައި އޮންނަ އަދަބަކީ 6 މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވާއިރު، މައްސަލައިގެ ތަޙްޤީޤު މަރުޙަލާގައި އަދި ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ޢަރީފު، 4 މަހާއި، 26 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އެބައި އުނިކޮށް 1 މަހާއި 4 ދުވަހަށް ޖަލަށް ލުމަށް ގާޒީ އިބްރާހިމް ޒިހުނީ ވަނީ ހުކުމް ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.