ވިޔަފާރި
08 Dec 2025 | 15:29
ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓާސް" ތަޢާރަފުކޮށްފި

ދިރާގުން އަންލިމިޓެޑް ޕޯސްޓްޕެއިޑް ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން، އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން "މުޅިން އާ، ލިމިޓްލެސް ބޫސްޓަރސް" ތަޢާރަފުކޮށްފިއެވެ.

މި ހިދުމަތާއެކު، ކަސްޓަމަރުންނަށް ވަރަށް ހަލުއި ސްޕީޑެއްގައި އިންޓަރނެޓް ޑޭޓާ އަންލިމިޓެޑްކޮށް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށީގެންވާގޮތަށް ހިޔާރުކުރެވޭ، 1 ދުވަހުގެ މުއްދަތުން ފެށިގެން، 15 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭ މި ބޫސްޓަރތަކުގެ 5 ވައްތަރެއް ދިރާގުން ވަނީ ތަޢާރަފްކޮށްފައެވެ.

ދިރާގުން ބުނީ، މި ބޫސްޓަރތައް އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް ނުވަތަ އެ ބޫސްޓަރެއްގެ އެސް.އެމް.އެސް. ޝޯޓް ކޯޑް 143އަށް އެސް.އެމް.އެސްކޮށްގެން އެކްޓިވޭޓްކުރެވޭނެ ކަމަށެވެ. 

ލިމިޓްލެސް ބޫސްޓަރތަކުގެ އެހީގައި، ސްޓްރީމްކުރުމަށް، ގޭމް ކުޅުމަށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރުމަށާއި އަދި އެހެނިހެން ބޭނުންތަކަށް ގިނައިން ޑޭޓާ ބޭނުންވާ ކަސްޓަމަރުންނަށް، ފަސޭހަކަމާއެކު އަދި ހަލުއި ސްޕީޑުގައި އިންޓަރނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ބޭނުންވާ ވަގުތު ބޭނުންވާ މިންވަރަށް ޑޭޓާ ބޭނުންކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަން ފާހަގަކޮށްފައިވެއެވެ.

ދިރާގުން މުޅިން އަލަށް މާކެޓަށް ތަޢާރަފުކޮށްފައިވާ މި ހިދުމަތަކީ، ދިރާގުގެ އަންލިމިޓެޑް ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ހިދުމަތެކެވެ. ދިރާގުން ދަނީ ލިމިޓްލެސް ޕޯސްޓްޕެއިޑް ޕްލޭންތަކާއި، ލިމިޓެއްނެތް ފައިބަރގެ ހިދުމަތްތަކާއެކު ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ހެޔޮ އަގުގައި އަގުހުރި ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.