ލަންކާގެ ކުރީގެ ސިއްހަތާބެހޭ ވަޒީރު ރާޖިތާ ސެނަރަތުނަ-- ފޮޓޯ/އޮންލަންކާ
ދުނިޔެ
08 Dec 2025 | 21:01
މިއީ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެއް: ލަންކާގެ ކުރީގެ ހެލްތް މިނިސްޓަރު

ސްރީ ލަންކާއަށް ކުރިމަތިވި ގުދުރަތީ ކާރިސަތަކުގެ ސަބަބުން އެގައުމަށް ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް އެގައުމުގެ ކުރީގެ ސިއްހަތާބެހޭ ވަޒީރު ރާޖިތާ ސެނަރަތުނަ ވިދާޅުވެއްޖެއެވެ. 

އޭނާ ވިދާޅުވެފައިވަނީ އެގައުމަށް މިހާރު ކުރިމަތިވެފައިވާ ހާލަތު އެގައުމުގެ ސަރުކާރަށް އެކަނި ބެލެހެއްޓުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ އެހީތެރިކަމަށް އޭނާ ވަނީ އެދިފައެވެ. އަދި މިފަދަ ހާލަތްތަކުގައި ތަޖުރިބާކާރު ލީޑަރުންނާއި އެންމެންގެ އެއްބާރުލުން މުހިންމު ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. 

ތޫފާން ދިތްވާ އަކީ އެގައުމަށް 2019 ވަނަ އަހަރު ކުރިމަތިވި އީސްޓަރ ސަންޑޭގެ ނުރައްކާތެރި ބޮމުގެ ހާދިސާގެ ދެވަނަ ބާބެއް ކަމަށްވެސް ރާޖިތާ ވިދާޅުވިއެވެ. ނަމަވެސް މި ތޫފާނަކީ އެ ހާދިސާއަށްވުރެ ވެސް ނުރައްކާތެރި، ގެއްލުންބޮޑު ހާދިސާއެއްކަމަށާއި  އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. 

ލަންކާއަށް 2019 ވަނަ އަހަރުގެ 21 ވަނަ ދުވަހު ދިމާވި ނުރައްކާތެރި 'އީސްޓާ ސަންޑޭ' ގެ ބޮމުގެ ހާދިސާގައި 270 މީހުން މަރުވެފައިވެއެވެ. ނަމަވެސް ތޫފާން ދިތްވާގައި މަރުވި މީހުންގެ އަދަދު 460 އިން މައްޗަށް އަރާ، މި އަދަދު ވަނީ ދެ ގުނަ އަށް އިތުރުވެފައެެވެ. އަދި އެތައް ބަޔަކު ގެއްލި، 2 މިލިއަނެއްހާ މީހުން ހާލުގައި ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ