ޓާބޯސޯރަސްގެ ކަށިގަނޑު
ދުނިޔެ
09 Dec 2025 | 09:42
ފްރާންސުން ފޭރުނު، 70 މިލިއަން އަހަރުގެ ޑައިނަސޯ ކަށިގަނޑު މޮންގޯލިއާއަށް އަނބުރާ ހަވާލުކޮށްފި

މީގެ ދިހަވަރަކަށް އަހަރު ކުރިން ގޯބީ ސަހަރާއިން ފޭރިގަނެ، ފްރާންސްގެ ކަސްޓަމްސުން އަތުލި 70 މިލިއަން އަހަރުގެ ޑައިނަސޯ(ސާރު)ގެ ސްކެލެޓޮން (ކަށިގަނޑު)، ފްރާންސުން މޮންގޯލިއާއަށް އަނބުރާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ފޮސިލްސް ވިޔަފާރި ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ފިޔަވަޅެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ކަށިގަނޑަކީ ވަރަށް މަދުން ފެންނަ "ޓަރބޯސޯރަސް ބާޓަރ" ކިޔާ ޑައިނޯސޯރެއްގެ މި ކަށިގަނޑެވެ. އެއީ ޓައިރެނޯސޯރަސް ރެކްސް (ޓީރެކްސް)ގެ އޭޝިއާ ބައްރުގެ ދެބޭންކަމަށް ބުނެވެއެވެ. މި ކަށިގަނޑު 2015 ވަނަ އަހަރު ފްރާންސްގެ މެދުތެރޭގައި އޮންނަ ގަންނަޓް ކިޔާ ސަރަހައްދަކުން ފްރާންސްގެ ކަސްޓަމްސުން އަތުލާފައިވަނީ ދެކުނު ކޮރެއާއިން ޣައިރުޤާނޫނީ ގޮތެއްގައި އެތެރެކުރުމަށްފަހުގައެވެ.

ފްރާންސްގެ ޕަބްލިކް އެކައުންޓްސް މިނިސްޓަރ އެމެލީ ޑެ މޮންޗާލިން ވަނީ މި ކަށިގަނޑާއެކު ޑައިނަސޯ ބިސް ހިމެނޭ ގޮތަށް އިތުރު 30 ވަރަކަށް ފޮސިލްސް ރަސްމީކޮށް މޮންގޯލިއާއަށް ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާންކޮށްފައެވެ.

"މިއީ ޓަރބޯސޯރަސްގެ ކަށިގަނޑު އެއްކޮށް. އޭތި އަތުލިއިރު އަގަކީ 700،000 ޔޫރޯ ނަމަވެސް، އެފަހުން މިފަދަ ތަކެތީގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައި. އެގޮތުން، މިހާރު އޭގެ އަގު ދެގުނަ ތިންގުނަ މަތިވެފައި ހުރުން އެކަށީގެންވޭ،“ ފްރާންސްގެ ކަސްޓަމްސް އޮފިޝަލް ސޮފީ ހޮކެރެލް "ފްރާންސް 2" އަށް ދިނއ ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. 

މީގެ 65 މިލިއަން އަހަރު ކުރިން ނެތިގެންދިޔުމުގެ ކުރިން، އޭޝިއާގައި ދިރިއުޅުނު ޓަރބޯސޯރަސް ބާޓަރގެ ކަށި އެއްވެސް އިރެއްގައި އޭޝިއާ ބައްރުން ބޭރުން ފެނިފައިނުވާތީ، މިއީ މޮންގޯލިއާއަށް ވަރަށް ޚާއްސަ ކަމެކެވެ. 

މޮންގޯލިއާ ސަރުކާރުން ވަނީ ގޯބީ ސަހަރާއިން ގެއްލިފައިވާ ފޮސިލްސް އަނބުރާ ހޯދުމަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައެވެ. އެ ސަހަރާއަކީ ސައިންސްވެރިންނާއި ޣައިރުޤާނޫނީ ވިޔަފާރިކުރާ ފަރާތްތަކުގެވެސް ޓާގެޓެއްކަމަށް ވެފައިވަނީ، މީގެ ސަތޭކަ އަހަރު ކުރިން އެކްސްޕްލޯރަރ ރޯއީ ޗެޕްމަން އެންޑްރޫސް އެ ސަރަހައްދުން ޑައިނޯސޯރު ބިސް ހޯދިފަހުންނެވެ.

މޮންގޯލިއާގެ ޤާނޫނު ބުނާ ގޮތުން، ފޮސިލްސް އެކްސްޕޯޓްކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ބޭރު ޤައުމުތަކުން މިފަދަ ތަކެތި އަތުލައިގަތުމުން އާންމުކޮށް އަނބުރާ މޮންގޯލިއާއަށް ރައްދުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ