ްެއެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުނުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
09 Dec 2025 | 11:35
ވަކިމީހެއްގެ ފަހަތަށް އަރައިގެން ޕާޓީ ދޫކޮށް ދިޔުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން: ޣަފޫރު

ޚިޔާލުތަފާތުވެގެން، ވަކިމީހެއްގެ ފަހަތަށް އަރައިގެން ޕާޓީ ދޫކޮށް ދިޔުމަކީ ޕާޓީ ދޫކޮށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ(ގަޕޯ) ވިދާޅުވެއްޖެއެމެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ކަންކަން ކުރާނީ އިންސާފުގެ ތެރެއިން ކަމަށާ، އެހެންކަމުން ޕާޓީގެ އެއްވެސް މެންބަރަކު މާޔޫސްވާންޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެޕާޓީ، ”ގަދަކޮށް ބާރަށް“ ކުރިއަށް ގެންދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޕާޓީގައި ޚިޔާލުތަފާތުވުންތައް ކޮންމެސް ވަރަކަށް އެބައޮތް. އެއީ ޕާޓީ ބައިބައިވުމެއްނޫން. އެމްޑީޕީ އަކީ އަބަދުވެސް ފެށުނީއްސުރެ މި ޚިޔާލުތަފާތުވުމާއެއްކޮށް ދިރިދެމިއޮންނަ ޕާޓީއެއް. އެކަން އެގޮތުގައި ދެމިއޮންނާނެ. 

އަބްދުލްޣަފޫރު މޫސާ(ގަޕޯ) 

މިއާއެކު ގަޕޯ ވިދާޅުވީ، ޚިޔާލު ތަފާތުވި ނަމަވެސް، އެމްޑީޕީ އެންމެހައި މެންބަރުން އެޕާޓީގައި ތިބެންވާނެ ކަމަށާ، ”ވަކިމީހެއްގެ ފަހަތަށް އަރައިގެން ޕާޓީ ދޫކޮށްފައި ނޫނީ އެހެން ފިކުރެއްގައި ދިޔުމަކީ ޕާޓީގެ މަސްލަހަތަށްޓަކައި، އަދި މިކުރާ މަސައްކަތަށް އޮތް އެންމެ ރަނގަޅުގޮތެއް ނޫން.“ ކަމަށެވެ. 

ގަޕޯ ވިދާޅުވީ، މެންބަރުންނަށް ފުރުސަތު ލިބެނީ ޕާޓީން ކުރާ މަސައްކަތުން ކަމަށާ، އެހެން ކަމުން، އެންމެހައި މެންބަރުންވެސް ތިބެންވާނީ ޕާޓީ ތެރޭގައި ކަމަށެވެ.

އަޅުގަނޑުމެން މިތިބީ ވަކިލީޑަރެއްގެ ފަހަތަކު ނޫން. މިތިބީ އެމްޑީޕީގައި. އެހެންވީމާ އެމްޑީޕީއަށް ރަނގަޅުވާނެ، އެމްޑީޕީއަށް ފަހިވާނެ، އެމްޑީޕީގެ މަސައްކަތާއިގެން ކުރިއަށް ދެވޭނެ ކޮންމެ ކަމެއްގައި ދެމިތިބޭނަން 

އަބްދުލްޣަފޫރު މޫސާ(ގަޕޯ) 

ގަޕޯ މިހެން ވާހަކަދައްކަވާފައިވާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް އެމްޑީޕީ ދޫކޮށް އައުޕާޓީއެއް އުފެއްދި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުވެސް މިހާރު ވަނީ އެމްޑީޕީއާ އަލުން ގުޅިފައެވެ.

ނަމަވެސް އެ މެންބަރުންނާއި އެމްޑީޕީގައި ތިބި މެންބަރުންގެ އިތުރުން ޕާޓީގެ ލީޑާޝިޕްގެ ތެރޭގައި އަދިވެސް ގިނަ ޚިޔާލުތަފާތުވުންތަކެއް ހުރިކަން ފާހަކަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.