މި އަހަރުގެ ޕަބްލިކް ހެލްތު ކޮންފަރެންސްގެ ތެރެއިން
ހަބަރު
09 Dec 2025 | 12:48
މި އަހަރުގެ ޕަބްލިކް ހެލްތު ކޮންފަރެންސް ފަށައިފި؛ އަލިއަޅުވާލާނީ ބިދޭސީންގެ ސިއްހީ މައްސަލަތަކަށް

ދިވެހިރާއްޖޭގެ އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާއްވާ 'ޕަބްލިކް ހެލްތު ކޮންފަރެންސް 2025' މިއަދު ވިލާ ނޯޓިކާގައި ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުالله ނާޒިމް އިބްރާހިމް އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި މިނިސްޓްރީ އޮފް ހެލްތާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ މި ކޮންފަރެންސް ބޭއްވުމުގައި އިންޓަރނޭޝަނަލް އޮފިސް އޮފް މައިގްރޭޝަން (އައި.އޯ.އެމް)، ސާރކް ޑިވެލޮޕްމަންޓް ފަންޑު، އަދި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެޗްޕީއެން ފާހަގަކޮށްފައިވެއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ، އާންމު ޞިއްޙަތަށް އަސަރު ކުރާ މުހިއްމު ކަންކަމާ ގުޅޭގޮތުން ތަޖުރިބާއާއި މައުލޫމާތު ބަދަލުކޮށް، މަޝްވަރާތަކާއި ކަމާބެހޭ ކަރުދާސްތަކާއި ދިރާސާތައް ހުށަހަޅާ، އެކި ދާއިރާތަކުގެ މާހިރުންގެ ބައިވެރިވުމާއެކު އާންމު ޞިއްޙަތުގެ ކަންކަމަށް ޙައްލު ހޯދުމަށް ޚިޔާލު ބަދަލުކުރުމަށް ފޯރަމެއް ފަހިކޮށްދިނުމެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ ‘Equitable Access, Reducing Vulnerabilities: Advancing Migrant Health in the Maldives’ އެވެ.

ސަރުކާރުގެ މުއައްސަސާތަކުންނާއި، އަމިއްލަ ކުންފުނިތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުން 100އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސްގައި، ޚާއްސަކޮށް ބިދޭސީންގެ ޞިއްޙަތުގެ މައްސަލަތަކަށް ސަމާލުކަން ދެވިގެންދާނެއެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ހަތަރު މީހަކުން އެކަކަކީ ބިދޭސީއެކެވެ. އަދި ރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ %43އަކީ ބިދޭސީންނެވެ. މިހެންކަމުން، ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި، ބިދޭސީންގެ ޞިއްޙަތު ވަރަށް މުހިއްމުކަން ފާހަގަކުރެވެއެވެ.

ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ރާއްޖޭގައި ކޮންޓްރޯލްވެފައި ނުވަތަ ނައްތާލެވިފައިވާ ގައިންގަޔަށް އަރާ ބަލިތައް، އެންމެ ގިނަ ބިދޭސީން ރާއްޖެއަށް އަންނަ ޤައުމުތަކުގައި އަދިވެސް ފެތުރެމުންދާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ބިދޭސީން ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ މާހައުލުގެ ހާލަތާއި، ވިސާ ނެތި އުޅުމާއި، މަސައްކަތްތެރިންގެ މާލީ ހާލަތު އަދި މުޖުތަމައުގައި އެމީހުން ތަހައްމަލުކުރަންޖެހޭ ތަފާތުކުރުން ފަދަ ކަންކަމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް އަދި ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ލިބުމަށް އެޅޭ ހުރަސްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ހުރަސްތަކުން އަރައިގަނެ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ޤައުމީ ފެންވަރުގައި ވިލަރެސް ކުރުމަށްޓަކައި ސަރުކާރުން މި އަހަރު ވަނީ 'މައިގްރަންޓް ހެލްތު ޕޮލިސީ' ނުވަތަ ބިދޭސީންގެ ޞިއްޙަތުގެ ސިޔާސަތު ތަންފީޒުކުރަން ފަށާފައެވެ.

މި ޕޮލިސީގައި ހިމެނޭ 5 ދާއިރާގެ ތެރެއިން 3 ދާއިރާގައި ހުރި ކަންކަމާމެދު މި ކޮންފަރެންސްގައި މަޝްވަރާކޮށް، ޕޮލިސީ ތަންފީޒު ކުރުމަށް ހަރުދަނާ ހުށަހެޅުންތަކެއް ލިބިގެންދާނެކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.