އިއްޔެގެ ރަސްމިއްޔާތުގައި ވަޒީރު ވާހަކަދައްކަވަނީ؛ ފޮޓޯ/ އިޖުތިމާޢީ ތަރައްގީއާ ބެހޭ ވުޒާރާ
ހަބަރު
10 Dec 2025 | 14:06
ދޮށީ އުމުރުގެ އާބާދީ އިތުރުވާއިރު، ރައްކާތެރިކަން ކަށަވަރުކުރުމަށް ރަނގަޅު ޕްލޭނެއް މުހިންމު: ވަޒީރު

ދިވެހިރާއްޖޭގައި ދޮށީ އުމުރު މީހުންގެ އާބާދީ އިތުރުވަމުންދާއިރު، އެ މީހުންނަށް ރައްކާތެރިކަމާއެކު އުޅެވޭނެ މުޖުތަމަޢުއެއް ބިނާ ކުރުމަށް ރަނގަޅު ޕްލޭނެއް ބޭނުންވާނެ ކަމަށް އިޖުތިމާޢި ތަރައްގީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

ދޮށީ އުމުރުގެ މީހުންގެ ގައުމީ އެކްޝަން ޕްލޭން (ނޭޕާާ) އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ފަރުދަކަށްވެސް އިއްޒަތްތެރިކަމާއި، ސަލާމަތްތެރިކަމާއި، ހަމަހަމަ ފުރުޞަތުތަކާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާނެ ކަަމަށާ އެކަން ކަށަވަރުކުރުމަށް ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަމަށެވެ.

ދިވެހިރާއްޖޭގެ އާބާދީއަށް ބޮޑު ބަދަލުތަކެއް އަންނަމުންދާއިރު، 2050 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 14 އިންސައްތަ އުމުރުން ދޮށީ މީހުންނަށް ވާނެކަމަށް ލަފާކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، އާބާދީގެ މި ބަދަލަށް ތައްޔާރުވެ، ކަންކަން ރާވައި، ސިޔާސަތުތައް ތަންފީޒު ކުރުމަށް ރާއްޖެއަށް އޮތީ އެންމެ 25 އަހަރު ކަމަށެވެ. 

"ހުރިހާ ޖީލުތަކަށް ރައްކާތެރިކަން ލިބި، ކުރިއެރުން ލިބޭނެ ނިޒާމެއް ގާއިމް ކުރުމަށް ރަނގަޅު ބިންގަލެއް އެޅުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ދެކެން. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގެ އަމާޒަކީ އަޅާލާ، ޝާމިލް މުޖުތަމަޢެއް ބިނާކުރުން“ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގަޔާއި ރާއްޖޭގެ ރަށް ރަށުގައި އިސް ރަށްވެހިންގެ ނާދީތައް ހެދި، އޯލްޑް އޭޖް ހޯމްތައް ހެދިގެން ދިޔުމަކީ ދޮށީ މީހުންނަށް ގުޅިގެން މަސައްކަތްކުރުމާއި، ބައިވެރިވުމާއި، ދިރިއުޅުމުގައި ކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދޭނެ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ. އަދި އޯލްޑްއޭޖް ހޯމްތައް ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ މި ސަރުކާރުން އުމުރުން ދޮށީ މީހުންނަށް ދޭ އަޅާލުން ރަމްޒުކޮށްދޭ ތާރީޚީ މަޝްރޫޢެއްކަމަށްވެސް ވިދާޅުވިއެވެ.

މިއާއެކު ވަޒީރު ވަނީ ދޮށީ އުމުރުގެ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ފެށުނު އާ ބާބައިގެން ކުރިއަށް ދިޔުމަށް ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުމާއި، އިޖްތިމާޢީ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.