ނޭޕާ އިފްތިތާޙް ކުރުން
ހަބަރު
09 Dec 2025 | 14:49
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ގައުމީ ޕްލޭން އިފްތިތާހުކޮށްފި

އުމުރުން ދުވަސްވީމީހުންނަށް ޚާއްސަ "ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ" (NAPA) އިފްތިތާހުކޮށްފިއެވެ.

މިއަދު މި ޕްލޭން އިފްތިތާޙް ކޮށްދެއްވީ އިޖުތިމާޢި ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމެވެ.

އިޖްތިމާޢީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، މި ޕްލޭނަކީ، 2025 އިން 2028 އަށް ހަތަރު އަހަރުގެ މުއްދަތަކަށް ހިންގުމަށް ހަމަޖައްސާފައިވާ، އުމުރުން ދުވަސްވީ ދިވެހިންނަށް އިހުތިރާމާއި، ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މުޖުތަމަޢުއެއް ބިނާ ކުރުމަށް އެކުލަވާލާފައިވާ ބައި-ސެކްޓަރަލް މަގުޗާޓެއް ކަމަށެވެ.

އަދި މި ޕްލޭން ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ އާބާދީގެ ބަދަލުތަކަށް ބަލާފައި ކަމަށާ ލަފާކުރެވޭ ގޮތުގައި، 2052 ވަނަ އަހަރާ ހަމައަށް އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެ، "ސުޕަރ-އޭޖްޑް" ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެގޮތުން މިހާރުވެސް ދިވެހިންގެ އެވްރެޖް އުމުރު 79 އަހަރަށް އިތުރުވެ، ދަރިން ހޯދާ ރޭޓު ދަށްވަމުންދާއިރު، އުމުރުން ދުވަސްވީ އާބާދީއަކަށްޓަކައި ނިޒާމުތަކާއި، މުޖުތަމަޢުތަކާއި، ޚިދުމަތްތައް ތައްޔާރުކުރުމުގެ މުހިއްމުކަމަށް އިޖުތިމާޢީ ތަރައްގީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ އަކީ، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ގައުމީ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ. މިއީ މެޑްރިޑް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގ (MIPAA) އަދި ޔުނެސްކެޕްގެ ކަނޑައެޅުންތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނެކެވެ.

އިޖުތިމާޢި ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މިއީ އިންސާނީ ހައްގުތަކަށް ބާރުއަޅައި، އުމުރުން ދުވަސްވީ މީހުންގެ މިނިވަންކަމާއި، ބައިވެރިވުމާއި، ރައްކާތެރިކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭނެކެވެ.

"ނޭޕާ" އެކުލަވާލާފައިވަނީ ހަތަރު މައިގަނޑު ސިޔާސަތުގެ ދަށުންނެވެ: އެއީ

1) ތަރައްގީ، ރައްކާތެރިކަން އަދި ދިރިއުޅުމުގެ ހުރިހާ މަރުޙަލާއެއްގައި ތައުލީމު.

މި ދާއިރާއިން އަމާޒުކުރަނީ ގައުމީ ހުރިހާ ސިޔާސަތުތަކެއްގައި އުމުރުން ދުވަސްވީ މީހުންގެ ކަންކަން ހިމެނުމާއި، އަނިޔާ އާއި، ތަފާތުކުރުންތަކާއި، އިހުމާލުވުން ހުއްޓުވުމާއި، ދިރިއުޅުމުގެ ހުރިހާ މަރުޙަލާއެއްގައި ތައުލީމާއި، އެކި އުމުރުގެ މީހުން ގުޅިގެން ހަރަކާތްތެރިވުމާއި، މުޖުތަމަޢުގައި ބައިވެރިވުން އިތުރުކުރުމަށެވެ. އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތުތައް އެކުލަވާލުމަށްޓަކައި ދިރާސާތަކާއި، ޑޭޓާ ނިޒާމުތައް ވަރުގަދަކުރުމަށް ވެސް މި ދާއިރާއިން ބާރުއަޅައެވެ.

2) ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން.

މި ދާއިރާގެ މަގުސަދަކީ އުމުރަށް އެކަށޭނެ ސިއްހީ ޚިދުމަތްތައް ފުޅާކުރުމެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސިއްހީ ޚިދުމަތް، އަހަރީ ސްކްރީނިންގތަކާއި، ނަފްސާނީ ބަލިތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ. އަދި، ޑިމެންޝިއާ ކެއަރ، ސައިކޯސޯޝަލް ސަޕޯޓް، ކޮމިއުނިޓީ ބެސްޑް ވެލްނަސް އެންޑް ކެއަރ ޚިދުމަތްތައް އިތުރުކުރުން ހިމެނެއެވެ.

3) އެހީތެރިވެދޭ މާހައުލެއް.

މި ދާއިރާއިން އިސްކަންދެނީ އުމުރަށް އެކަށޭނެ މުޖުތަމަޢުތަކާއި، އުމުރަށް އެކަށޭނެ އުމްރާނީ ތަރައްގީއާއި، ދަތުރުފަތުރުގެ ނިޒާމުތައް ތަރައްގީކުރުމަށެވެ. މީގެ ތެރޭގައި ކޮމިއުނިޓީ ސަޕޯޓް ސެންޓަރުތަކާއި، ސީނިއަރ ރެޒިޑެންޝަލް ހޯމްތައް (އުމުރުން ދުވަސްވީ މީހުން ދިރިއުޅޭނެ ގޭގެއާއި މަރުކަޒުތައް) ގާއިމުކުރުމާއި،، އުމުރުން ދުވަސްވީ މީހުންނަށް ޑިޖިޓަލް ހިދުމަތްތައް ފަސޭހަކޮށްދިނުން ހިމެނެއެވެ.

4) އާމްދަނީގެ ރައްކާތެރިކަން.

މި ދާއިރާއިން ބާރުއަޅަނީ ޕެންޝަން ނިޒާމުތަކާއި، އިޖުތިމާޢީ ރައްކާތެރިކަމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށެވެ. އަދި އިންފޯމަލް ސެކްޓަރގައި މަސައްކަތްކުރާ މީހުންނަށް ޕެންޝަން ކަވަރޭޖް ލިބޭނެ ގޮތް ހެދުމާއި، ބަލަހައްޓާ ފަރާތްތަކަށް އާމްދަނީގެ ރައްކާތެރިކަން ދިނުމާއި، ރިޓަޔަރމަންޓާއި ވަޒީފާގެ އުމުރު ކަނޑައެޅުމުގެ ސިޔާސަތުތައް އިސްލާހުކުރުން ހިމެނެއެވެ.

ޕްލޭން ތަންފީޒުކުރުމާއި، މޮނިޓަރކުރުމަށް "ނޭޝަނަލް ކައުންސިލް ފޯ އޯލްޑަރ ޕަރސަންސް" އެއް ގާއިމުކޮށް، ލޯންގް-ޓާމް ކެއަރ އަށް ޚާއްސަ ގައުމީ ސްޓްރެޓެޖީއެއް ފައިނަލައިޒްކޮށް ތަންފީޒުކުރުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އަދި އުމުރުން ދުވަސްވީ މީހުން ބައިވެރިވުމަށް އުތުރާއި ދެކުނުގައި ކޮމިއުނިޓީ ސެންޓަރުތަކެއް ގާއިމުކުރުމާއި، 2028 ވަނަ އަހަރާ ހަމައަށް ސީނިއަރ ސިޓިޒަންސް ރެޒިޑެންޝަލް ހޯމްއެއް ގާއިމުކުރުމަށް ވެސް މި ޕްލޭންގައި ހިމެނެއެވެ.

މީގެ އިތުރުން ސިލްވަރ ޒޯންތަކާއި، ވީލްޗެއަރއަށް ފަސޭހަ ދަތުރުފަތުރުގެ ނިޒާމުތަކާއި، ރައްކާތެރި މަގުތައް ފަދަ އުމުރަށް އެކަށޭނެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި ގައުމީ އެކްޓިވް އޭޖިންގ އިންޑެކްސްއަކާއި، އުމުރުން ދުވަސްވީ މީހުންގެ ރިއަލް-ޓައިމް ޑޭޓާ ރަޖިސްޓްރީއެއް ވެސް ތަރައްގީކުރެވޭނެކަން ފާހަހަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.