އަމާން އުދަރެހުގެ މީޙުން އުލެމުންދާ ޓަވަރެއް.. ފޮޓޯ: ވޮއިސް
ހަބަރު
09 Dec 2025 | 21:10
އަމާން އުދަރެސް ބައެއް ޔުނިޓްތަކުގެ ފެން ބިލް ބޮޑުވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

އަމާން އުދަރެސްގެ ބައެއް ޔުނިޓްތަކުގެ ފެންބިލް ބޮޑުވި މައްސަލަ ބަލައި، އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

މިކަމާ ގުޅިގެން އެފްޑީސީން ބުނެފައިވަނީ، އަމާން އުދަރެސް ޔުނިޓުތަކުގެ ފެން ބިލްތަކާ ގުޅިގެން ޔުނިޓު ތަކުގައި ދިރިއުޅޭ ފާރަތްތަކުގެ ކަންބޮޑުވުން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އެގޮތުން މިކަމުގެ އަސްލު ދެނެގަނެ ހައްލުއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މިހާރު ކުރަމުންގެންދާަކަމަށް އެފްޑީސީން ބުންޏެވެ.

" ފެން ބިލުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވޭ ފަރާތްތަކުން، އެފް.ޑީ.ސީގެ ހޮޓްލައިން ނަންބަރަށް ގުޅުއްވާ ނުވަތަ [email protected] މައްސަލަ ހުށަހެޅުއްވުމަށް އެދެމެވެ" އެފްޑީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

މިފަހަރު ބިލް ތައްޔާރުވެގެން އާއިރު އަމާން އުދަރެސްގެ ބައެއް ޔުނިޓްތަކުގެ ފެންބިލް ބޮޑުަކަމަށް އެ ޔުނިޓްތަކުގައި އުޅެމުންދާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން ބައެއް ބިލްތަކަށް 7000 ރުފިޔާ އާ ގާތްކުރާ އަދަދަކުން ބިލްކޮށްފައި ހުއްޓެވެ.

މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު މިއަދު ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވަނީ ބޮޑުވި ބިލްތައް ދައްކަންޖެހޭނީ އެފްޑީސީން ކަމަށާއި، ބޮޑުވި މީޓަރުތައް ހުރީ އެފްޑީސީގެ ނަންމަތީގައި ކަމަށެވެ. ފެންބިލް ބޮޑުވެފައިވަނީ ފެން ލިބޭތޯ ބެލުމާއި، އަދިރަސްމީކޮށް ފެން ދޫކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށްދިޔައިރު ބޭނުންކޮށްފައި ފެން ބޭނުންކުރުމުންކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރި 4،000 ހައުސިން ޔުނިޓްތައް ހައްޤުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. ފަހިދިރިއުޅުން ކޯޕަރޭޝަނުން އެންމެ ފުރަތަމަ ހަވާލުކުރަން ފަށާފައިވަނީ އަމާން އުދަރެސް ޓަވަރު 14 ގައި ހިމެނޭ އެޕާޓްމަންޓްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ