އީގަލް ޝަރީފް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
10 Dec 2025 | 09:00
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އީގަލް ޝަރީފު ގަނާ ކޮށްފި

މީސްމީޑިޔާ އެކްޓިވިސްޓް އަހުމަދު ޝަރީފް (އީގަލް ޝަރީފް)، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ފުރައްސާރަކޮށް އާއްމުކުރި ވީޑިއޯ އަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެއްޖެއެވެ. 

ޓިކްޓޮކްގައި އީގަލް ޝަރީފް އިއްޔެ އާއްމު ކުރި ވީޑިއޯއެއްގައި އޭނާ ވަނީ މާފަރުގައި ހުންނަ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ފުރައްސާރަކޮށް، އޭނާ އުޅިއަރުވަން މަސައްކަތްކޮށްފައެވެ. 

އެގޮތުން، އެ މީހާގެ ވީޑިއޯ ކުރަން ފެށުމުން ހިތްހަމަނުޖެހިގެން އެކަން ނުކުރުމަށް އެދުމުންވެސް ހުއްޓާނުލައި އެކަން ކޮށްފައިވާއިރު، އެފަދައިން ކަންކުރާ ނަމަ، އޮފީހަށާއި ކޯޓަށްވެސް އަންގާނެ ކަމަށް އެ މީހާ ބުނުމުން ޝަރީފު ވަނީ މަލާމާތްކުރާ ޒާތަށް އެ ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ޖަވާބުދާރީ ވެފައެވެ. 

”މިވަގުތު އިންޖީނުގެއާ ހަވާލުވެހުރި އެންމެ އިސްފަރާތް އެ އައީ. ފެނަކައިގެ މާފަރުގައި ހުރި އެންމެ އިސް ފަރާތް. ވަރަށް ރުޅިގަދަވެފައި އެ ފެންނަނީ. ލަފާކުރެވޭ ގޮތަށް ވިއްޔާމުން ފޯނުވެސް އަތުލަފާނެ.“ އީގަލް ޝަރީފް ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ފުރައްސާރަކޮށް އާއްމުކުރި ވީޑިއޯގައި ބުނެފައިވެއެވެ. 

ވީޑިއޯ ނުކުރުމަށް އެ މުވައްޒަފު އެދުމުންވެސް އީގަލް ޝަރީފުވަނީ އެ މީހާގެ ހަރަކާތްތައް ވީޑިއޯ ކޮށްފައެވެ. 

އީގަލް ޝަރީފުގެ އެ ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުންފާޅުކޮށް ކޮމެންޓް ކޮށްފައެވެ. 

އެގޮތުން، ކޮމެންޓް ކުރި މީހަކު ވަނީ، އެފަދައިން ބުލީ ކުރާ މީހާއަށް ނުވަތަ އާއިލާ މީހަކަށް އެގޮތަށް ބުލީ ކުރާއިރު ބަލަން ކެތްވާނެތޯ ސުވާލުކޮށް، ގޮތެއްފޮތެއް ހުރިނަމަ އެފަދައިން މަލާމާތް ނުކުރާނެ ކަމަށް ބުނެފައެވެ. 

”ތިމާވަރުގެ މީހަކު ނެތްކަމަށް ހެދިގެން މިކަހަލަ ކުދިންނާފޮށި އެކުދިންގެ ޙާލަތަށް ނުބަލާ މި ކުރެވެނީ މާމޮޅުކަމެއްކަން ދައްކާއިރު މި ޝަރީފަށް ހީވަނީބާ މި ފަޟީލީޙަތް ކުރަނީ ރައީސް މުޢިއްޒުއޭ ނުވަތަ ފެނަކަ ވެރިންނޭ. މިކަހަލަ ނާތަހުޒީބު ޢަމަލު ހިންގާ އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރައްސާރަ ކުރާ މި ޢަމަލު ކުއްވެރިކުރަން. އަދި ކަމާއިބެހޭ ފަރާތްތަކުން މި ޝަރީފުއާއިމެދު ފިޔަވަޅު އެޅުމަށް އެދެން.“ އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެއެވެ. 

މީގެ އިތުރުންވެސް، މީހަކު ވަނީ، ދައުލަތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދެނީ އެމީހުން ބާކީ ނުކޮށް، ދިރިއުޅުން އާރާސްތު ކުރުމަށް އެހީވުމަށްކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް، މުޖުތަމައުގެ ބައެެއް މީހުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ފުރުސަތު ނުދޭން މަސައްކަތްކޮށް އެމީހުންނަށް ހަޖޫ ޖަހާ ކަމަށް ބުނެފައެވެ.

މީނޫނަސް އެތައް ބަޔަކު ވަނީ އީގަލް ޝަރީފުގެ އެ ޢަމަލާމެދު ނުރުހުން ފާޅުކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަޢުގައި ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ކުރާއިރު އެމީހުންނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.