އައްޑޫ ހައި ސުކޫލުގައި ހިނގި ހާދިސާގެ މަންޒަރެއް --
ހަބަރު
12 Dec 2025 | 00:55
އައްޑޫ ހައި ސުކޫލް ހާދިސާ: ދަރިވަރު ސަސްޕެންޑް، މާފަށް އެދެން އަންގައިފި

ދަރިވަރަކާއި ޓީޗަރަކާމެދު އައްޑޫ ހައި ސުކޫލްގައި ހިނގި ހާދިސާއާ ގުޅިގެން އެ ދަރިވަރު ވެސް ސަސްޕެންޑް ކޮށްފި އެވެ.

އައްޑޫ ހައި ސްކޫލުގައި ގުރޭޑް 12 ގެ ދަރިވަރަކާއި އިންޑިއާ ޓީޗަރެއްގެ މެދުގައި ހަމަނުޖެހުން ހިންގާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ކުލާހުގެ އެތައް ކުދީންނެއް ކުރިމަތީ އެ ދަރިވަރާއި އިންޑިއާ ޓީޗަރު ވަނީ އަތް އިސްކޮށް ހަމަލާދީ ހަދާފަ އެވެ.

އެ ހަމަނުޖެހުން ހިނގަން ފެށުނީ ދަރިވަރަކު އިސްވެ ޓީޗަރަށް ތަކުރާރުކޮށް މަލާމާތާއި ފުރައްސާކުރުމުންނެވެ. އެ ނޫންވެސް އެތައް ކަމެއް ހިނގާފައިވެ އެވެ.

އެ މައްސަލަ ބަލަން ފަށާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރު ސަސްޕެންޑް ކޮށްފަ އެވެ. އަދި މިހާރު ވަނީ ދަރިވަރު ވެސް ސަސްޕެންޑް ކޮށްފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި މި ހާދިސާގައި ކަން ހިނގާފައިވާ ގޮތުން ދަރިވަރު ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހެ އެވެ. އަދި ކުރެވުނު ކުށަަށް އިއުތިރާފުވެ މާފަށް އެދެން ޖެހެ އެވެ.

އައްޑޫގެ ހާދިސާއާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެކި ގޮތްގޮތަށް ޝުއޫރު ފާޅުކުރަމުންނެވެ.

ކޮމެންޓް
ހާއުފާ
އެދަރިވަރު މާފަށްއެދުމުން އެނިމުނީތަ؟ ޓީޗަރަށް އެތައްދުވަހަކު ލިބެމުންދިޔަ ގެއްލުމުގެބަދަލު ދޭނީ ކޮންފަރާތަކުން؟
12 Dec 2025
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.