ހަބަރު
12 Dec 2025 | 08:21
”ޢިލްމުވެށި“ އިން ކުޑަ ކުދިންނަށް މި ގެނެސްދެނީ ލޯބި ހަދިޔާތަކެއް

ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ”ޢިލްމުވެށި“ އިން ލޯބި ހަދިޔާތަކެއް ދޫކުރަންފަށައިފިއެވެ. 

”އިލްމުވެށި“ އަކީ ކިޔަވާ ކުދިންނަށް ޚާއްސަކޮށް ޕްރީސުކޫލު އަދި ފައުންޑޭޝަން ސްޓޭޖުގެ އުމުރުގެ ކުދިންނަށް ޚާއްސަކޮށްގެން ތަފާތު ވޯކްޝީޓާއި، މަސައްކަތު ފޮތާއި، އަދި ވީޑިއޯވެސް ތައްޔާރުކުރަމުންދާ ޕޭޖެކެވެ. 

ކުޑަކުދިން އުފާވެރިކަމާ، ޝައުގުވެރިކަމާއެކު އުނގެނި، ކަންކަން ދަސްކުރުމަށް  މަގުފަހިކޮށްދިނުމަށް ޢިލްމުވެށިން އަންނަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. 

ކުޑަ ކުދިންނަށް ޚާއްސަ ދިވެހި ރައިމްސް

އަހަރެމެން އެންމެ ކުޑައިރުން ފެށިގެން ކިޔައި ދަސްކޮށް، އަދުގެ ޖީލުތަކަށްވެސް ފޯރުކޮށްދެމުން އަންނަ ރައިމްސް ލަކާއި، ލަވަތަކާއި ބަނދި ފަދަ ތަކެތީގެ އެނިމޭޓެޑް ވީޑިއޯ ހެދުމުގެ މަސައްކަތް ޢިލްމުވެށިން ފަށާފައިވާއިރު މިހާރު އެއިން ބައެއް ރައިމްސްތައް އިލްމުވެށީގެ ޔޫޓިޔުބް ޗެނަލާއި މީސްމީޑިއާގެ މަންސަތަކުގައި ވަނީ އާންމުވެސް ކޮށްފައެވެ.

އެގޮތުން މިހާތަނަށް 5 ރައިމްސްގެ ވީޑިއޯ ނެރެފައިވާއިރު އޭގެ ތެރޭގައި، ކުދިކުދި ތަރިތައް، ފައިދިގު މަކުނު އަދި އައިޝާގެ ފަޅޯދަނޑު ފަދަ ރައިމްސް ހިމެނެއެވެ.

ދިވެހި އަކުރު ކާޓޫން ސީރީޒް

އިލްމުވެށިން ގެނެސްދޭ އެންމެ ލޯބި އެއް ހަދިޔާ އަކީ އަކުރުތައް ތުއްތު ކުދިންނަށް ފަސޭހައިން ދަސްކޮށްދިނުމަށް ފަށާފައިވާ ޚާއްސަ ކާޓޫން ސީރީޒްއެވެ. ”ހ ށ“ ސީރީޒްގެ ނަމުގައި ފަށާފައިވާ މި ސީރީޒްގައި ކޮންމެ އަކުރަކަށްވެސް ވަކި ކާޓޫނެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މިހާތަނަށް "ހ" އާއި "ށ"  އަކުރުގެ ކާޓޫނު އާންމުކޮށްފައިވާއިރު ކޮންމެ ކާޓޫނެއްގައިވެސް، އެ އަކުރަކާއި އެ އަކުރުން ފެށޭ ނުވަތަ ނިމޭ ތަކެތި ކުދިންނަށް ދަސްކޮށްދެއެވެ. 

މި ސީރީޒްގެ އެންމެ ޚާއްސަ އެއް ކަމަކީ ސީރީޒްގެ މެއިން ކެރެކްޓަރަކަށް އެނިމޭޓެޑްކޮށް ހަދާފައިވާ އަކުރު އުޅުމެވެ. އެގޮތުން ހ އަކުރުގެ ކާޓޫން، “ހ ހިނގާލަން ދިޔުން“ ގައި ހ އުޅޭއިރު ”ށ ނެތްނަމަ“ ކާޓޫނުގެ މެއިން ކެރެކްޓާއަކަށް އުޅެނީ ށ އަކުރެވެ. މިއީ ކުދިންނަށް އަކުރު ދަސްކޮށްދީ، ސިކުނޑީގައި ރަނގަޅަށް ހަރުލާފައި ބެހެއްޓުމަށް އެހީވެދިނުމަށް ކުރެވިފައިވާ ކަމެއްކަން އިލްމުވެށިން ފާހަގަކުރެއެވެ. 

ހ ށ ސީރީޒްއާއި ރައިމްސްގެ އިތުރުންވެސް ކުދިންނަށް ރިވެތި އަޚްލާޤު ދަސްކޮށްދެވޭ ކާޓޫން ޢިލްމުވެށިން ގެނެސްދެމުންދާނެ ކަމަށް އެފަރާތުން ބުނެއެވެ.

ޕީޑީއެފް ވޯކްޝީޓް

ޢިލްމުވެށިން އެނިމޭޓެޑް ވީޑިއޯތަކުގެ އިތުރުން، ކުޑަކުދިންގެ ކިޔެވުމަށް އެހީތެރިވެދިނުމަށް ޕީޑީއެފް ވޯކްޝީޓްސްވެސް ވިއްކައެވެ. އަދި ބައެއް ވޯކްޝީޓްތައް ހިލޭވެސް ލިބެން ހުންނަކަން ފާހަގަކޮށްފައިވެއެވެ. ޕީޑީއެފް ފައިލްތައް ގަންނަން ބޭނުންވާ ފަރާތްތަކުން ޢިލްމުވެށީގެ އިންސްޓަގްރާމް ނުވަތަ ފޭސްބުކް ޕޭޖަށް މެސެޖް ކޮށްލުމުން އެ ފައިލްތައް ލިބިގެންދާނެ ކަމަށާ، އަދި ހިލޭ ލިބޭ ވޯކްޝީޓްތަކުގެ ޕީޑީއެފް ފައިލްތައް ޢިލްމުވެށީގެ ވައިބާ ޗެނަލުން ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ޢިލްމުވެށި އިން ވިއްކާ ޕީޑީއެފް ވޯކްޝީޓްގެ ޕޯސްޓަރެއް

ވޯކްޝީޓްގެ އިތުރުން ޢިލްމުވެށި އިން ވަރަށް އަވަހަށް ”ތާނަ އަކުރު މަޖާ“ ނަމުގައި އަކުރު ދަސްކޮށްދޭ މަސައްކަތު ފޮތެއްވެސް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް އެފަރާތުން ބުނެފައިވެއެވެ. 

ޢިލްމުވެށިގެ މީސްމީޑިއާ މަންސަތަކުގެ ލިންކުތައް ތިރީގައި މިވަނީއެވެ. 

ޔޫޓިޔުބް: https://www.youtube.com/@ilmveshi

ވައިބާަ ޗެނަލް: https://invite.viber.com/?

ފޭސްބުކް: facebook.com/ilmveshi

އިންސްޓަގްރާމް: https://www.instagram.com/ilmveshi

ޓިކްޓޮކް: https://www.tiktok.com/@ilmveshi

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.