ސްޕީޑް ބްރޭކަރުތައް ނަގާފައި: ފޮޓޯ/ ވޮއިސް
ހަބަރު
12 Dec 2025 | 14:03
ގިނަބައެއްގެ ނުރުހުން އަމާޒުވި ސްޕީޑް ބްރޭކަރުތައް ނަގައިފި

ހުޅުމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރުމަށް ޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިދިޔަ ސެޕްޓެމްބަރު މަހު ހަރުކުރި ކުދި ސްޕީޑް ބްރޭކަރުތައް ނަގައިފިއެވެ. 

އެ ސްޕީޑް ބްރޭކަރުތައް ހަރުކުރާކަން ހާމަކޮށް އެޗްޑީސީން އޭރު އެކްސްގައި ކުރި ޕޯސްޓްގައި ބުނީ، ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި ކުރަމުންދާ އެކި މަސައްކަތްތަކުގެ ތެރެއިން, އެކި ސަރަހައްދުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރަމުން އަންނަ ކަމަށެވެ.

ކުރިން ހަރުކޮށްފައިހުރި ސްޕީޑް ބްރޭކަރު

އެގޮތުން އެކި ސަރަހައްދުތަކުގައި 36 އަށްވުރެ ގިނަ ސްޕީޑް ބްރޭކަރު ހަރުކޮށްފައިވާކަންވެސް ހާމަކޮށްފައިވެއެވެ.

އެ ސްޕީޑް ބްރޭކަރުތައް ހަރުކުރުމުން ބައެއް ފަރާތްތަކުން ވަނީ ބްރޭކަރުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން، ކިތަންމެ މަޑުން ދުއްވިޔަސް، އޭގެ ބްރޭކަރުން އަރާފައިބާ ކޮންމެ ފަހަރަކު، އުނަގަނޑުގައި ރިއްސާ ކަމަށާ އެހެން އެކަން ވަނީ ބްރޭކަރު ހުންނަ ގޮތުން ކަމަށް ބުނެފައިވެއެވެ. 

އަދި، އެ ބްރޭކަރުތައް ހަރުކުރުމަކީ ރައްޔިތުންނާއި އަގުބޮޑުކޮށް ގަނެފައި ހުންނަ ވެހިކަލްތަކަށް ދެވޭ ގެއްލުމެއް ކަމަށްވެސް މީހަކު ބުނެފައިވެއެވެ.

ނަމަވެސް ބައެއް މީހުން ސްޕީޑް ބްރޭކަރުތަކުން މަގުގައި އެކްސިޑެންޑް ހިނގާ މިންވަރު ކުޑަ ކަންވެސް ފާހަގަކޮށްފައިވާއިރު، އެޗްޑީސީން މިހާރު ވަނީ އެ ސްޕީޑް ބުރޭކަރުތައް ނަގާފައެވެ. 

އެކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް އަދި ނުލިބެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.