އިންޑިއާގެ އިމިގްރޭޝަން ގޮތްޕެއް.. ފޮޓޯ: ވިކިމީޑިއާ
ދުނިޔެ
12 Dec 2025 | 19:55
ޗައިނާގެ ވިޔަފާރިވެރިންނަށް އިންޑިއާއިން ވިސާގެ ލުއިތަކެއް

ޗައިނާގެ ވިޔަފާރިވެރިންނާއި ޓެކްނީޝަނުން އިންޑިއާއަށް އެތެރެވުމަށް ވިސާ ނަގަން އޮންނަ ހަރުކަށި އުސޫލުތަކަށް ދޫދީ، ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމު އެގައުމުން ހަމަޖައްސައިފިއެވެ.

2020 ވަނަ އަހަރު ސަރަހައްދީ ރޮނގުގައި ހިނގި ކުރިމަތިލުންތަކަށްފަހު ޗައިނާގެ ރައްޔިތުންނަށް އިންޑިއާއަށް އެތެރެވުމަށް ގިނަ ހުރަސްތަކެއް ހުއްޓެވެ. އެހެންނަމަވެސް ދެގައުމުގެ ދެމެދުގައި ގުޅުން މަޑުމަޑުން ރަނގަޅުވެ، ވިޔަފާރީގެ ގުޅުންތައް މިހާރު ވަނީ އަނެއްކާވެސް އިއާދަކުރަން ފަށާފައެވެ. އެގޮތުން ދެގައުމުގެ މެދުގައި ސީދާ ވައިގެ ދަތުރުފަތުރުވެސް މިހާރު އަނެއްކާވެސް ވަނީ ފަށާފައެވެ.

ޗައިނާގެ ވިޔަފާރިވެރިންނާއި ސިނާޢީ މަސައްކަތްކުރާ ފަރާތްތަކަށް އިންޑިއާއަށް އެތެރެވުމަށް ބިޒްނަސް ވިސާ ދޫކުރަން މިހާރު ނަގާނީ 4 ވަރަކަށް ހަފްތާ ކަމަށް އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ ރޮއިޓަރސް ނިއުސް އެޖެންސީއިން ވަނީ ރިޕޯޓްކޮށްފައެވެ. މިއާއެކު އިންޑިއާގެ އެކި ކާރުޚާނާތަކަށް ބޭނުންވާ ތަމްރީނު ލިބިފައިވާ ތަޖުރިބާކާރު ޓެކްނީޝަނުން ލިބި، ޖުމްލަ އުފެއްދުންތެރިކަން އިތުރުވާނެކަމަށް އަންދާޒާކުރެވެއެވެ.

އެމެރިކާއިން ޗައިނާ އަދި އިންޑިއާއާއިން އެގައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފްގެ ނިސްބަތް ބޮޑުކޮށް، މުޅި ދުނިޔޭގެ ވިޔަފާރީގެ ނިޒާމަށް އަރުވާލި ލޮޅުމާއެކު، އިންޑިއާއާއި ޗައިނާއިން ގެންދަނީ ދެގައުމުގެ އަވަށްޓެރިކަމުގެ ބޭނުން ހިފައި، ވިޔަފާރީގެ ގުޅުން ބަދަހިކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.