ކޮލްކަތާގެ 'ސޯލްޓް ލޭކް ސްޓޭޑިއަމް' ގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން--
ދުނިޔެ
13 Dec 2025 | 14:30
މެސީ ނުފެނުމުން ކަލްކަތާ ސްޓޭޑިއަމްގައި ތިބި ފޭނުން ހަމަނުޖެހުން ހިންގައިފި

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ކަލްކަތާގެ 'ސޯލްޓް ލޭކް ސްޓޭޑިއަމް' އަށް ކުރި ޒިޔާރަތުގައި ފޭނުން ބޮޑު ހަމަނުޖެހުމެއް ހިންގައިފިއެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ ސްޓޭޑިއަމްގައި ކުޅުނު މެޗެއް ބަލާލުމަށް މިއަދު ހެނދުނު ދަނޑަށް ޒިޔާރަތްކުރުމަށްފަހު މާ އަވަހަށް އެތަނުން ދިއުމުންނެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ސަލާމަތީ ސަބަބުތަކާހެދި މެސީ ވަނީ ކުރިން ކަނޑައެޅި ގަޑިއަށްވުރެ މާ އަވަހަށް އެތަނުން ނިކުމެފައެވެ. މެސީއާއެކު ލުއިސް ސުރޭޒް އާއި އާޖެންޓީނާގެ ޓީމުގެ ކުޅުންތެރިޔާ ރޮޑްރިގޯ ޑި ޕޯލްވެސް ދަނޑަށް ޒިޔާރަތްކުރިއެވެ.

މެސީ ދަނޑުން ނިކުތުމާއެކު ދަނޑުގައި ތިބި އޭނާގެ ފޭނުންވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ދަނޑުތެރެއަށް ފެންފުޅިތަކާއި އަތުޖެހުނު އެއްޗެއް އުކައި މުޅި ސްޓޭޑިއަމް ހަލަބޮލިކޮށްލާފައެވެ. ދަނޑުގައި ތިބި މީހުން ވަނީ ސްޓޭޑިއަމްގައި ހުރި ގޮނޑިތަކާއި އެނޫންވެސް އެއްޗެހި ދަނޑުތެރެއަށް އުކައި، އެކިވަރުގެ ގެއްލުންތައް ދީފައެވެ.

ކޮލްކަތާގެ 'ސޯލްޓް ލޭކް ސްޓޭޑިއަމް' ގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން-- ފޮޓޯ: އޭއެންއައި

 ކަލްކަތާގެ 'ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެ ސިޓީގެ މޭޔަރު މަމަތާ ބަނެޖީ ވަނީ ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކަންބޮޑުވުންފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ މިއީ ކަންކަން ރަނގަޅަށް އިންތިޒާމް ނުކުރެވުމުގެ ސަބަބުން ހިނގާދިޔަ ހާދިސާއެއްކަމަށް ވިދާޅުވެފައެވެ.

އިންޑިއަން އެކްސްޕްރެސްއާ ވާހަކަދެއްކި މެސީގެ ފޭނަކު ބުނީ، މީހުން ރުޅިއައުމުގެ އެންމެބޮޑު ސަބަބަކީ ބޮޑުއަގުގައި ޓިކެޓް ގަނެގެން ދަނޑަށްގޮސް މެސީ ދެކިލުމަށް ކުރި ދިގު އިންތިޒާރު ފެނަށްވެގެން ދިއުމުންކަމަށެވެ. މިއީ އިވެންޓް އިންތިޒާމްކުރި މީހުންގެ އިހުމާލުކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ދަނޑުގައި ހުރި ވަގުތުތަކުގައިވެސް ސެކިއުރެޓީ އޮފިސަރުންނާހެދި ގިނަ ފޭނުންނަށް މެސީ ނުވެސް ފެންނަކަމަށް އޭނާ ބުންޏެވެ.


މެސީ އިންޑިއާއަށް ކުރަމުންދާ ދަތުރުގައި 4 ދުވަހު އެޤައުމުގައި މަޑުކުރާނެއެވެ. އިންޑިއާއަށް މެސީ ކުރަމުންދާ ދަތުރުގައި އެޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މެސީއާއެކު ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް ފޮޓޯނެގުމުގެ ކަންކަން ކުރިއަށްދާއިރު، އެކަމަށް ފުރުރުސަތު ލިބެނީ ބޮޑުއަގުގައި ޓިކެޓް ގަނެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.