ހަނީމޫން ފަސްކޮށް މެޗްބަލަންދިޔަ އަންހެން މީހާ... ފޮޓޯ: އެންޑީޓީވީ ސްޕޯޓްސް
ހަބަރު
13 Dec 2025 | 19:49
ހަނީމޫން ފަސްކޮށް މެސީ ބަލަން ދަނޑަށް ދިޔަ ދެމަފިރިންނަށް ލިބުނީ ލަނޑެއް!

ހަނީމޫން ފަސްކޮށް އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް، ލިއޮނެލް މެސީ ދެކިލުމަށް ކަލްކަތާގެ ސްޓޭޑިއަމަށް ދިޔަ ދެމަފިރިއަކަށް ހިތުން ނުފިލާވަރުގެ ލަނޑެއް ލިބިއްޖެއެވެ.

މިއަދަށް އިރުއަރައިގެން އާއިރު މުޅި މީޑިއާގެ އެންމެ ހިނގާ ހަބަރެއްގެ ގޮތުގައި ދައުރުވަމުން ދިޔައީ، އިންޑިއާގެ ކަލްކަތާގެ ސްޓޭޑިއަމަށް މެސީ ބަލާލުމަށް ވަތް މީހުންނަށް މެސީ ނުފެނުމުން ދަނޑުގައި ހިނގާދިޔަ ހަމަނުޖެހުމުގެ ވާހަކައެވެ. މެސީއަށް ސަޕޯޓްކުރާ އެތައް ހާސް ފޭނުންނެއް މިއަދު އުއްމީދުކުރީ އެމީހުންނަށް ހަމަލޮލުން މެސީ ފެންނާނެ ވަގުތަކަށެވެ. 

ނަމަވެސް ދަނޑަށް މެސީ އައުމަށްފަހު 10 މިނެޓްވެސް ނުވަނީވެސް ސަލާމަތީ ސަބަބުތަކަށްޓަކައި މެސީ ވަނީ ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ. މެސީ ދަނޑުގައި ހޭދަކުރި ވަގުތުކޮޅުގެ ތެރޭގައިވެސް ގިނަ މީހުންނަކަށް އޭނާ ނުފެނެއެވެ. ސަބަބަކީ މެސީ ވަށައިގެން އޮފިޝަލުންނާއި ގިނަ އަދަދެއްގެ ސެކިއުރެޓީ އޮފިސަރުން ތިބުމެވެ. އަދި ފަހުން މެސީ ވަނީ އެނބުރި ގޮސްފައެވެ.

އެކަމާ ހިތްހަމަ ނުޖެހިގެން މެސީ ބަލާލުމަށް ދަނޑަށް ވަތް މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ދަނޑުތެރެއަށް ފުޅިއާއި ގޮނޑިފަދަ ތަކެތި އުކާފައެވެ. އެންމެފަހުން ދަނޑުގައި ހަމަނުޖެހުންބޮޑުވެ، އެއްވެފައިތިބި މީހުން ހަމަޔަކަށް އަޅުވަންޖެހުނީ ސަލާމަތީ ބާރުތައް މެދުވެރިކޮށްވެ.

މެސީ ބަލާލުމަށް ދަނޑަށްވަތް ގިނަ މީހުން ވަނީ އެތައް ހާސްރުފިޔާއެއް ހޭދަކޮށްފައެވެ. މީގެ ތެރެއިން އެކަކު އޭއެންއައި ޓީވީއަށް ދިން އިންޓަވިއުއެއްގައި އޭނާ މެސީ ބަލާލުމަށް ސްޓޭޑިއަމަށް އައީ ހަނީމޫން ފަސްކޮށް އެތައް އިރަކު ކިއުގައި މަޑުކުރުމަށްފަހު ކަމަށެވެ. 

" އަހަރެމެން ކައިވެނިކުރީ މިދިޔަ ހުކުރުދުވަހު. ހަނީމޫނުވެސް ފަސްކޮށް އަހަރުމެން ނިންމީ މެސީ ބަލާލުމަށް ސްޓޭޑިއަމަށް އަންނަން. އެއީ އެތައް ދުވަހަކަށްފަހު މެސީ އަހަރެމެންގެ އަވަށަށް އަންނާތީވެ. މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް" އަންހެންމީހާ ބުންޏެވެ.

ގިނަ މީހުން ވަނީ މެސީ ބަލާލުމަށް ދަނޑަށް ވަނުމަށް ޓިކެޓަށް އެކަނިވެސް 4،000 ހާހަށްވުރެ ގިނަ ރުޕީސް ހޭދަކޮށްފައެވެ.

މެސީ ފެންނާނެކަމުގެ އުއްމީދުގައި ދަނޑަށް ވަތް މީހުންނަށް ގެއްލުނީ އެމީހުން ގަތް ޓިކެޓް ގަތުމަށްކުރި ހޭދަ އެކަންޏެއް ނޫނެވެ. ބައެއް މީހުން ދުރު ހިސާބުތަކުން ދަތުރުހަދައިގެން އައިސް ސްޓޭޑިއަމް ބޭރުގައި 4 ގަޑިއިރަށްވުރެ ގިނަ ވަގުތު ކިއުހަދައިގެންވެސް  ތިއްބެވެ.

ކަލްކަތާއަކީ މަސީއަށް ސަޕޯޓްކުރާ އެންމެ ގިނަ ފޭނުންތިބި އެއް ސިޓީއެވެ. ކަލްކަތާ ސްޓޭޑިއަމްގައި މިއަދު ހިނގާދިޔަ ހާދިސާ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ތަހްގީގް ކުރަމުންނެވެ. މިއަދު އެ ހާދިސާ ހިނގާފައިވަނީ އިވެންޓްގެ އިންތިޒާމުތައް ދޯހަޅިކަމުންކަމަށް ކަލްކަތާގެ މޭޔަރު ވަނީ  މަމަތާ ބަނެޖީ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.