މިނިސްޓަރު ޝިޔާމް.. ފޮޓޯ: ވޮއިސް
ހަބަރު
13 Dec 2025 | 21:31
މި ސަރުކާރުން މަސްވެރިންނަށް 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިން: ޝިޔާމް

އަދުގެ ސަރުކާރު އައުމަށްފަހު މިއަދާހަމަޔަށް މަސްވެރިންނަށް 1.7 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުވާފަރުގައި މިރޭ ކުރިއަށްދާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދީގެން ކުރަމުންއައި އެއް މަސައްކަތަކީ މަސްވެރިންނަށް ނުދީހުރި ފައިސާ ދޫކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ކުރެވުނު ހުރިހާ މުއާމަލާތްތަކަށް ބަލާއިރު، މަސްވެރިންނަށް 1.86 ބިލިއަން ރުފިޔާ މަސްވެރިންނަށް ދައްކަިއ ހަލާސްކޮށްފައިވާކަމަށެވެ.

ޝިޔާމް ވިދާޅުވީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަހަށް ފައިސާ ދައްކަން ރައީސް ޑރ.މުއިއްޒު ނިންމެވި ހިސާބުން ފެށިގެން މިއަދާ ހިސާބަށް 930 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށް ނިންމާފައިވާކަމަށެވެ. ޝިޔާމް ވިދާޅުވީ މި ސަރުކާރު އައުމާއެކު މަސްވެރިންނަށް ވަރަށްބޮޑު ޔަގީންކަމެއް ލިބިގެން ހިނގައްޖެކަމަށެވެ.

މިއަދު މަސްވެރިންނަށް ޔަގީންވެގެން ހިނގައްޖެ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކަން ނިންމެވި ނިންމުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރައްވާނެ ކަމެއްކަން

މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ

މިނިސްޓަރު ވިދާޅުވީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ މަސްވެރިންނަށް ލިބިގެންދިއުމަކީ މިސިނާއަތަށް ލިބިގެންދިޔަ އާރޯކަމެއް ކަމަށާއި، މިއީ އަދި ކަޅުބިލަމަހުގެ މަސްވެރިންގެ ވާހަކަ އެކަނިކަމަށެވެ. 

މަސްވެރިކަމުގެ ސިނާއަތަށް އަދުގެ ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތުގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަމުގެ އިތުރުން ސްޕޯޓްސް ފިޝިން ދާއިރާގެ ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމައި ބައެއް ކަންކަން ތަންފީޒު ކުރެވެމުންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ބުއްޅާބެ
ވިއްކި މަހަށް ދައްކަންޖެހޭ އަގު ތަ؟ އެހެންވިއްޔާ ޖަހަންވީނު އަހަރުމެން ފިހާރަތަކަށް ގޮސް ގަތް ތަކެއްޗަށް މިއަދާ ހަމައަށް މިވެނި އެވެނި އަދަދަކަށް ރުފިޔާ ދައްކައިފިކަމަށްވެސް.
14 Dec 2025
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.