ރައީސް ޑރ.މުއިއްޒު... ފޮޓޯ: ވޮއިސް
ހަބަރު
13 Dec 2025 | 22:20
މަސްވެރިންނަށް ތެއޮ ވިއްކާ އަގު ހެޔޮކޮށް، މަސްގަންނަ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމައިފި

މަސްވެރިންނަށް ތެއޮ ވިއްކާ އަގު ހެޔޮކޮށް، މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމައިފިކަން އިއުލާނުކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ދަރަވަންދޫގައި ކުރިއަށްދާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މަސްވެރިންގެ އެންމެބޮޑު އެއް ޝަކުވާއަކީ މަސްވެރިން ބާނާމަހަށް ރަނގަޅު އަގު ލިބެމުން ނުދާކަމުގެ ޝަކުވާކަމަށެވެ. އަދި މިފްކޯއަށް މަސްކިރުވުމަށްފަހު މަސްވެރިންނަށް ފައިސާ ނުލިބޭ ވާހަކައަކީވެސް މަސްވެރިންގެ ފަރާތުން އަންނަ ވަރަށްބޮޑު ޝަކުވާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަންފެށި މަސައްކަތުގެ ދަށުން ކިރުވާމަހަށް ފައިސާ ދިނުމުގައި ލަސްވަމުން އައި މައްސަލަ ހައްލުކޮށް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފަށާފައިވާކަމަށެވެ. މީގެއިތުރުން މަސްގަތުމުގައި މަސްވެރިންގެ ހުރި ޝަކުވާތައްބަލައި މަސް ގަންނަ އަގުވެސް ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާދަމައިން ފެށިގެން މިފްކޯއިން މަސްގަންނަމުންދާނީ އެންމެ ދަށްވެގެން ކިލޯއެއް 16 ރުފިޔާއަށްކަމަށެވެ. 

މަސްދޯނިފަހަރަށް ވިއްކަމުން އަންނަ ތެލާ ގުޅޭގޮތުން ރައީސް ވިދާޅުވީ މާދަމައިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެއޮވިއްކުމުގައި ޖުމްލަކޮށް ލީޓަރަކުން 51 ލާރި އަގުހެޔޮވެގެން ދާނޭކަމަށެވެ. އަދި 3 ޓަނަށްވުރެ މަތިން މަސްކިރާ ފަރާތްތަކަށް 71 ލާރި އަގުހެޔޮވެގެން ދާނޭކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތެއޮ ގަންނަ އަގު ހެޔޮކުރުމާ ގުޅިގެން މަސްވެރިން ތެލަށް ކުރަމުން އަންނަ ހަރަދު އެދެވޭފަދަ މިންވަރަކަށް ލުޔެއް ލިބެމުންދާނޭކަމަށެވެ.

ކޮމެންޓް
އާދަމް
ކޮބައި ކުރިންވިއްކި އަގު
14 Dec 2025
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.