ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން-- ފޮޓޯ/ޔަހޫނިއުސް
ދުނިޔެ
14 Dec 2025 | 08:03
މެސީގެ އިންޑިއާ ޓުއާ އިންތިޒާމްކުރި މީހާ ހައްޔަރުކޮށްފި

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ މިހާރު އިންޑިޔާ އަށް ކުރަމުންދާ ގޯޓް ޓުއަރ ދަތުރު އިންތިޒާމް ކުރި މީހާ ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ފުލުހުން އެ މީހާ ހައްޔަރުކޮށްފައިވަނީ 80 ހާސް ޓިކެޓް ވިއްކާއިގެން ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި އިއްޔެ ބޭއްވި ހަރަކާތުގެ އިންތިޒާމް ދަށްވެ ބޮޑު އަގުގައި ޓިކެޓް ގަތް ފަރާތްތަކުން ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ.

އިންޑިޔާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިވެންޓް އިންތިޒާމް ކުރި މީހާ ހައްޔަރުކޮށް ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރޭވިގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

4 ދުވަހަށް މެސީ އިންޑިއާއަށް ކުރަމުންދާ މި ދަތުރުގެ ތެރެއިން އެޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި އޮތް އެކުވެރިކަމުގެ މެޗެއް ބަލާލުމަށް އޭނާ ދާގޮތަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް މެޗު ފެށުމުގެ 30 އަށް ވުރެ މިނެޓު ކުރިން މެސީ އެ ސޮޓޭޑިއަމްއަށް ގޮސް 10 މިނެޓްވެސް ނުވަނީވެސް ސަލާމަތީ ސަބަބުތަކަށްޓަކައި މެސީ ވަނީ ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ. މެސީ ދަނޑުގައި ހޭދަކުރި ވަގުތުކޮޅުގެ ތެރޭގައިވެސް ގިނަ މީހުންނަކަށް އޭނާ ނުފެނެއެވެ. ސަބަބަކީ މެސީ ވަށައިގެން އޮފިޝަލުންނާއި ގިނަ އަދަދެއްގެ ސެކިއުރެޓީ އޮފިސަރުން ތިބުމެވެ.  

މެސީ ދަނޑުން ނިކުތުމާއެކު ދަނޑުގައި ތިބި އޭނާގެ ފޭނުންވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ދަނޑުތެރެއަށް ފެންފުޅިތަކާއި އަތުޖެހުނު އެއްޗެއް އުކައި މުޅި ސްޓޭޑިއަމް ހަލަބޮލިކޮށްލާފައެވެ. ދަނޑުގައި ތިބި މީހުން ވަނީ ސްޓޭޑިއަމްގައި ހުރި ގޮނޑިތަކާއި އެނޫންވެސް އެއްޗެހި ދަނޑުތެރެއަށް އުކައި، އެކިވަރުގެ ގެއްލުންތައް ދީފައެވެ.

ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން

މެސީ އިންޑިޔާ އަށް ކުރަމުންދާ ދަތުރުގައި އޭނާ އާއިއެކު އިންޓަރ މަޔާމީގެ ލުއިސް ސުއަރޭޒް އާއި ރޮޑްރިގޯ ޑިޕޯލް ދަނީ ބައިވެރިވަމުންނެވެ. އަދި މި ދަތުރުގައި އިންޑިޔާގެ ކޮލްކަތާ އާއި ހައިދަރު އާބާދާއި މުމްބާއީގެ އިތުރުން ނިއު ދިއްލީ އަށް މެސީ ދާނެ އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ