ނުކުޅެދުންތެރިކަން ހުންނަ ގެ ފަރާތެއް-- ފޮޓޯ/ބީއެމްއެލް
ހަބަރު
15 Dec 2025 | 11:20
ނޮވެންބަރު 2025 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،000 އަށް ވުރެ ގިނަ މީހުން

މި އަހަރުގެ ނޮވެންބަރުމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް އެންސްޕާއިން ހާމަކޮށްފިއެވެ. 

އެ އިދާރާއިން އާއްމުކުރި މައުލޫމާތުގައިވާގޮތުން މިދިޔަ މަހުގެ ނިޔަލަށް 14،938 ފަރާތެއް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ޖުމުލަ 6،269 އަންހެނުންނާއި 8،669 ފިރިހެނުންނެވެ. 

މި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުުންގެ ގޮތުުގައެވެ. އެގޮތުން މި ގިންތީގައި ޖުމުލަ 4193 ފާރާތަކުން ރަޖިސޓްރީވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 1872 އަންހެނުންނާއި 2321 ފިރިހެނުންނެވެ. 

މީގެ އިތުރުން، މަލްޓިޕަލް ޑިސެބިލިޓީ ހުންނަ މީހުންގެ ގޮތުގައި 1206 އަންހެނުންނާއި، 2166 ފިރިހެނުން ހިމެނޭނެހެން ޖުުމުލަ 3372 ފަރާތަކުން ރަޖިސްޓްރީވެފައިވެއެވެ. އަދި ވިސްނުމުގެ/ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 811 އަންހެނުންނާއި، 1060 ފިރިހެނުން (ޖުމުލަ 1871 މީހުން)، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 820 އަންހެނުންނާއި، 1239 ފިރިހެނުން (ޖުމުލަ 2059 މީހުން)، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 942 އަންހެނުންނާއި، 843 ފިރިހެނުން (ޖުމުލަ 1785 މީހުން)، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 475 އަންހެނުންނާއި، 539 ފިރިހެނުން (ޖުމުލަ 1014 މީހުން)، އޯޓިޒަމް ހުންނަ މީހުންގެ ގޮތުގައި 125 އަންހެނުންނާއި، 463 ފިރިހެނުން (ޖުމުލަ 588 މީހުން) އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 18 އަންހެނުންނާއި، 38 ފިރިހެނުން (ޖުމުލަ 56 މީހުން) ރަޖިސްޓްރީކޮށްފައިވެއެވެ. 

އެންސްޕާއިން އާއްމުކޮށްފައިވާ މައުލޫމާތު 

ނޮވެންބަރު 2025 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އުމުރުފުރައިގެ ގިންތިއާއި އަދަދުވެސް އެންސްޕާއިން ވަނީ އާއްމުކޮށްފައެވެ. 

އެގޮތުން 1524 އަންހެން އަދި 3526 ފިރިހެން ކުދިން ހިމެނޭނެހެން، މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޖުމުލަ 5050 ކުދިންނަކީ 18 އަހަރު ނުފުރޭ ކުޑަކުދިންނެވެ. 18 އަހަރާއި 64 އަހަރާއި ދެމެދު ހިމެނެނީ 371 އަންހެނުންނާއި، 3912 ފިރިހެނުން ހިމެނޭނެހެން، ޖުމުލަ 7613 މީހުންނެވެ. އަދި 65 އަހަރުން މަތީގެ ގިންތީގައި ހިމެނެނީ 144 އަންހެނުންނާއި، 1231 ފިރިހެނުން ހިމެނޭނެހެން ޖުމުލަ 2275 މީހުންނެވެ. 

އެންސްޕާއިން އާއްމުކޮށްފައިވާ މައުލޫމާތު 

ސަރުކާރުން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ކަހަލަ އެހީތެރިކަމާއި އެފަރާތްތައް ބާރުވެރިކުރުމަށް އެތައް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.