ކުއްޖަކަށް ތެރަޕީ ދެނީ:ފޮޓޯ/ އެވްރީޑޭ ހެލްތު
ހަބަރު
15 Dec 2025 | 10:11
މިދިޔަ މަހު ތެރަޕީގެ ފަރުވާތަކަށް 12.3 މިލިއަން؛ އެހީދިން މީހުންގެ ތެރެއިން ގިނައީ ފިރިހެނުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕިއުޓިކް ފަރުވާތަކަށް މިދިޔަ މަހު 12.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެންސްޕާ އިން ބުނެފި އެވެ.

އެންސްޕާއިން އިއްޔެ އާއްމު ކުރި ނޮވެމްބަރުމަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެމަހު، ނުކުޅެދުންތެރިކަން ހުންނަ ފަރާަތްތަކަށް ބޭނުންވާ ތެރަޕިޔުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ދަށުން 359 މީހުންނަށް އެހީ ހަމަޖައްސާފައިވެއެވެ. އަދި އެމީހުންނަށް މާލީ އެހީގެ ގޮތުގައި، 12،389،980 ރުފިޔާ ދައުލަތުން ހޭދަކޮށްފައިވެއެވެ. 

ތަފާސްހިސާބުތަކުން އެނގޭ ގޮތުން، ތެރެޕިޔުޓިކް ފަރުވާއަށް އެހީދިން މީހުންގެ ތެރެއިން ގިނައީ ފިރިހެނުންނެވެ. އެގޮތުން، 252 ފިރިހެނުންނަށް އެހީ ދީފައިވާއިރު، އެހީ ދިން އަންހެނުންގެ އަދަދަކީ 107 އެވެ. 

މީގެ އިތުރުން، ތަފާސް ހިސާބުން އެނގޭގޮތުން، ތެރަފިޔުޓިކް ފަރުވާގެ ތެރއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބިހޭވިއާ ތެރަޕީއަށެވެ. އެއީ 3.5 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އޮކިއުޕޭޝަނަލް ތެރަޕީ އަށް 3.4 މިލިއަން ރުފިޔާ ބަޖެޓުން ދިނެވެ. ތިން ވަނައަށް އެންމެ ބޮޑު ހަރަދެއް ކުރީ ސްޕީޗު ތެރަޕީއަށެވެ. އެއީ 3.2 މިލިއަން ރުފިޔާ އެވެ. 

އެންމެ ކުޑަ ހަރަދެއް ހިންގީ އާލީ އިންޓަވެންޝަނަށް ކަމަށް ވާއިރު މިދިޔަ މަހު އެ ފަރުވާ ހޯދި ދެ މީހުންނަށް އެންސްޕާ އިން ހަރަދުކުރީ 9،000ރ. އެވެ.

މީގެ އިތުރުން ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދަކީ 1،4398 އެވެ. އޭގެ ތެރެއިން 8،669 މީހުންނަކީ ފިރިހެނުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.