'އެސްޓޭޓް ސެކިއުރިޓީ ސާވިސް' ގެ ހިދުމަތް ފެށުމުގެ ތެރެއިން--
ހަބަރު
15 Dec 2025 | 11:48
ހުޅުމާލޭގައި އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ތައާރަފުކޮށްފި

ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުމަށް 'އެސްޓޭޓް ސެކިއުރިޓީ ސާވިސް' ގެ ހިދުމަތެއް އެޗްޑީސީން ރޭ ތައާރަފުކޮށްފިއެވެ.

އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފަރުކޮޅުފުށީގައި ރޭ ބޭއްވި "ސޭފާ ހުޅުމާލެ" އިވެންޓުގައި ފެށިގެން ދިޔަ މި އައު ޚިދުމަތަކީ ހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށެވެ. 

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ އެޗްޑީސީއިން އަބަދުވެސް މަސައްކަތް ކުރާނީ ޒަމާނަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަގަނޅު ކުރުމަށް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ގުޅިގެން އިތުރު ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ. ޒުހައިރު ވިދާޅުވާގޮތުގައި "އެސްޓޭޓް ސެކިއުރިޓީ ސަރވިސް"އިން މިހިދުމަތް ދެމުންދާނީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

'އެސްޓޭޓް ސެކިއުރިޓީ ސާވިސް' ގެ ހިދުމަތް ފެށުމުގެ ތެރެއިން--

"ފުރަތަމަ ފިޔަވަޅު މިއަދު އެޅިގެން މި ދިޔައީ. އެސްޓޭޓް ސެކިއުރިޓީގެ ގޮތުގައި ރަސްމީ ބްރޭންޑެއް އުފެދިގެން މި ދިޔައީ އަޅުގަނޑުމެންގެ ސެކިއުރިޓީއަށް،"

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު 

ޒުހައިރު އިތުރަށް ވިދާޅުވީ ތަޢާރަފް ކުރެވިގެން މިދިޔަ ޚާއްސަ ޚިދުމަތުގެ ސަބަބުން ހުޅުމާލޭގެ ރައްކާތެރިކަން އެހެން ހަރުފަތަކަށް ކުރިއަށް ޖެހިގެންދާނެކަމަށެވެ. 

'އެސްޓޭޓް ސެކިއުރިޓީ ސާވިސް' ގެ ހިދުމަތް ފެށުމުގެ ތެރެއިން--

އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގައި 24 ގަޑިއިރު، ސެކިއުރިޓީ ގާޑުންނާއި ސެކިއުރިޓީ އޮފިސަރުން މަސައްކަތްކުރާނެ އެވެ. އަދި މުވައްޒަފުން ތިބޭނީ އެކަމަށް ހާއްސަ ޔުނީފޯމުގައި އެއީ ކޮންބައެއްކަން އެނގޭނެ ގޮތަށް ކަމަށާއި، ހުޅުމާލޭގެ ސެކިއުރިޓީ ބަލަހައްޓަން މިހާރު ގާތްގަނޑަކަށް 50 މީހުން ހަރަކާތްތެރިވާކަމަށް އޭނާ ވިދާޅުވިއެވެ. ފަރުކޮޅުފުށީގައި ރޭ ބޭއްވި އިވެންޓުގައި ވަނީ ހުޅުމާލޭގެ "އެސްޓޭޓް ސެކިއުރިޓީ ސާވިސް"ގެ މުވައްޒަފުންގެ ޔުނީފޯމް ވެސް ވަނީ އާއްމުންނަށް ދައްކާލައިފައެވެ.

އެޗްޑީސީން މިހާރު ދޭ ސެކިއުރިޓީގެ ހިދުމަތުގެ ފެންވަރުގެ ރަނގަޅު ކުުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައި، ރިފޯމްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.