އެޗްޑީސީ
ހަބަރު
15 Dec 2025 | 13:41
އެޗްޑީސީ މުއައްޒަފުންނަށް އަހަރީ ބޯނަހުގެ ގޮތުގައި 18،600 ރުފިޔާ ދީފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަހަށްވާ ފައިސާ ދީފިއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރި އެޗްޑީސީގެ ބައެއް މުއައްޒަފުން ވަނީ ބޯނަސް ފައިސާ އެ މުއައްޒަފުންގެ އެކައުންޓަށް ޖަމާވިކަން ޔަގީންކޮށްދީފައެވެ. އަހަރީ ބޯނަހުގެ ގޮތުގައި އެޗްޑީސީން މިފަހަރު ދީފައިވަނީ 18،600 ރުފިޔާއެވެ. މިދިޔަ އަހަރު ޖަމާކޮށްފައިވަނީ 10،000 ރުފިޔާއެވެ.

އެޗްޑީސީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މުއައްޒަފުން ގެންގުޅެމުން އަންނަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެންމެ މުހިއްމު އެއް ސެޓަކީ ހުޅުމާލެއެވެ. ހުޅުމާލޭގެ އިތުރުންވެސް އެކުންފުނިން އަންނަނީ އެކިއެކި އިންވެސްޓްމަންޓްތައް ކުރަމުންނެވެ. މީގެ އިތުރުން ސަރުކާރުގެ މުހިއްމު މަޝްރޫޢުތައްވެސް އެކުންފުނިން އަންނަނީ މެނޭޖްކުރަމުންނެވެ. މީގެ ތެރޭގައި މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫޢު "ރަސްމާލެ" ފާހަގަކޮށްލެވެއެވެ.

އެޗްޑީސީއަކީ ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުގެ ތެރެއިން މިވަގުތު މާލީހާލަތު އެންމެ ރަނަގޅު ފައްތަރެއްގައި އޮތް ކުންފުންޏެވެ. 

ޕީސީބީން އާއްމުކުރި ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗްޑީސީއަށް ވަނީ އާމްދަނީގެ ގޮތުގައި 432.4 މިލިއަން ރުފިޔާ ލިބުނުއިރު ފައިދާގެ ގޮތުގައި 268.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި މުއްދަތުގެ ތެރޭގައި ޕްރޮޕަޓީ ވިއްކައިގެން 268.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި ކުއާޓަރުގެ ތެރޭގައި އެޗްޑީސީ ހިންގުމުގެ ހަރަދުތައް 208 މިލިއަން ރުފިޔާއަށް ދަށްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދުތައް ހުރީ 238 މިލިއަން ރުފިޔާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.