ޝެއިޚް މުހައްމަދު އިބްރާހިމް (ނައިފަރީ) : ފޮަޓޯ/ ފަތިސް އެފްސީ
ހަބަރު
16 Dec 2025 | 09:08
ކުރިމަތިވި ބޮޑު އިމްތިހާނާއެކު އެނގިގެން ދިޔައީ މުސީބާތް ތަކުގައި ކެތްތެރިވުމުގެ ފައިދާ: ޝެއިޚް ނައިފަރީ

ދިރިއުޅުމުގައި ދިމާވި ބަލިމަޑު ކަމާ، އިމްތިޙާނު ތަކުގެ ސަބަބުން އެނގި ހާމަވެގެންދިޔައީ އެކަންކަމަށް ކެތްތެރިވުމުން ލިބިދޭ ފައިދާތައް ކަމުގައި ދީނީ ޢިލްމުވެރިޔާ އައްޝެއިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) ވިދާޅުވެއްޖެއެވެ. 

ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވާ ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގެ މަސައްކަތް ޝެއިޚް ނައިފަރީ ފެއްޓެވީ ކިޔަވައި ނިންމަވައި ލެއްވުމުގެވެސް މާ ކުރީންނެވެ. ދީނީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި، ކިޔަވާ ވިދާޅުވާން އުޅުއްވިއިރު އެކުގައި އުޅުނު އެހެން ބޭފުޅުންނަށްވެސް ކަންކަން އޮޅުންފިލުވައި ދެއްވުމުގެ އިތުރުން ބަންދު ތެރޭގައި ރަށުގައި ހުންނަވާ ދުވަސްތަކުގައިވެސް ރަށުގެ ރައްޔިތުންނަށް ދަރުސް ދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

އެފަހުން، ކިޔަވާވިދާޅުވެ ނިންމަވައި ޝެއިޚެއްގެ ގޮތުގައި ދަރުސްތައް ދެއްވަވަން ފެއްޓެވިފަހުން، ދެއްވި ދަރުސްތަކުން ފާހަގަކޮށްލެވޭ، ދަރުސްތަކުގެ ތެރޭގައި މުޞީބާތްތަކުގައި ކެތްތެރިވުމުގެ ފައިދާއާއި އެކަމުގެ މުހިންމު ކަމަށް އަލިއަޅުވާލައި ދެއްވި ދަރުސްތައް ހިމެނެއެވެ. އެ ދަރުސްތަކުގައި، މާތްاللهގެ އަޅާއަށް މުސީބާތްތައް ކުރިމަތި ކުރައްވާ ސަބަބުތަކާއި، އެކަންކަމަށް ކެތްތެރިވާނެ ގޮތާއި، ކެތްތެރިވުމުން ލިބިދޭ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.

އެއިން އެތައް ބަޔަކަށް ފައިދާކުރިއެވެ. މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެކަން އެނގެނީ، ބައެއް މީހުން ޝެއިޚަށް ގުޅާފައިވެސް އެވާހަކަ ދައްކާތީއެވެ. 

ޝެއިޚްގެ ދަރުސްތަކުން ފައިދާ ކުރީ ހަމައެކަނި އެ އަޑުއެހި މީހުންނަށް އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު، އެއިން އެންމެ ބޮޑު ފައިދާއެއް ކުރި އެކަނީ ޚުދު ޝެއިޚެވެ. އެކަން ޝެއިޚް ހާމަކުރެއްވީ، އަލް އަސްރުން އާދިއްތަ ދުވަހުގެރޭ ގެނެސްދިން ޕޮޑްކާސްޓުގައެވެ. 

”އަޅުގަނޑަށް މިހުރީ ވަރަށް ގިނަ މުސީބާތްތަކާ ކުރިމަތިވެފައި. މިހާރުވެސް ބޮޑު އިމްތިހާނެއްގައި ހޭދަކުރަމުން މިދަނީ. އަޅުގަނޑު ދީންވެސް ކިޔަވާފައި މިހުރީ ކިޔެވުނު ވަރަކަށް. އަޅުގަނޑަށް ހާދަ ފައިދާއެއް ވެއްޖެއޭ މި އިމްތިހާނުގައި. ދީނީ ގޮތުން. ދުނިޔެވީ ގޮތުން އެއްޗެކޭ ބުނާކަށް ނެތިން އެކަމަކު ދީނީ ގޮތުން އަޅުގަނޑަށް ކުރިން ނުވާ އެތައް ފައިދާއެއްވެއްޖެ މި އިމްތިހާނުގެ ސަބަބުން. އަޅުގަނޑު މިއީ މުސީބާތާ ބެހޭ ގޮތުން ދަރުސްވެސް ދިން މީހާ. ދަރުސްދީފައި އަޅުގަނޑާ މިކުރިމަތިވީ.“ ޝެއިޚް ވިދާޅުވިއެވެ. 

ޝެއިޚް އިތުރަށް ވިދާޅުވީ، މީހުންނަށް ދަރުސްދޭއިރު، އެ ދަރުހަކީ ހަމައެކަނި އަޑުއަހަންތިބޭ މީހުންނަށް ދޭ އެއްޗެއް ނޫން ކަމަށެވެ. އެހެނެއް ކަމަކު، ދަރުސްދޭ މީހާވެސް އެ ދެވޭ ދަރުހާއި އެއްގޮތަށް ޢަމަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން މުސީބާތްތަކުގައި ކެތްތެރި ވުމާއި ބެހޭގޮތުން ޝެއިޚް ދަރުސްތައް ދެއްވާފައިވާއިރު، ޝެއިޚްއަށް މުސީބާތްތައް ކުރިމަތިވުމުން، އެ ބަސްތަކާއި ޝެއިޚްގެ ޢަމަލާވެސް ދިމާވުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ. 

އަޅުގަނޑަށް މިކަންވެސް ކުރިމަތިވުމުން، އަޅުގަނޑު އެ ދަރުސްގައި އެ ކީ އެއްޗެހީގެ ތެދުކަން ހާމަވެގެން ދިޔައީ. އޭގެން އަޅުގަނޑަށް ދީނީ ގޮތުން އެތައް އެތައް ފައިދާއެއް ވެއްޖެ. 

ޝެއިޚް ނައިފަރީ

މުސީބާތްތަކަށް ކެތްތެރިވުމަށް ދެއްވި ދަރުސްތަކުގެ އިތުރުން، ތައުހީދާއި، އިމާންކަމުގެ ރުކުންތަކުގެ މައްޗަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވައި ދެއްވާފައިވާ ދަރުސްތަކަކީ އެތައްބަޔަކަށް އެއިން ފައިދާކުރަމުން އަންނަ ދަރުސްތައްކަން ފާހަގަކޮށްލަން ޖެހެއެވެ. 

ޝެއިޚްގެ ދަރުސްތަކާއި ފޮތްތަައް އަންނަނިވި ލިންކުން ބަލާލެވޭނެއެވެ. 

https://drive.google.com/drive/folders/1zZI_uZJU3moqz5iNb6b8o_T0mMQFwOpV

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.