ހޮސްޕިޓަލެއްގެ މަންޒަރު-- ފޮޓޯ/ވޮއިސް
ހަބަރު
16 Dec 2025 | 12:54
މިދިޔަމަހު އެންސްޕާއިން އަމިއްލަ ބޮޑު ދެ ހޮސްޕިޓަލަށް 7.5 މިލިއަން ރުފިޔާ

އެނދުމަތިކޮށްގެން ހޯދި ފަރުވާގެ ހަރަދުތަކަށް ޓްރީޓޮޕާއި އޭޑީކޭ ހޮސްޕިޓަލަށް އެކަނިވެސް މިދިޔަ ނޮވެންބަރުމަހު ޖުމުލަ 7،598،203 ރުފިޔާ ހޭދަވެފައިވާކަމަށް އެންސްޕާއިން ބުނެފިއެވެ.

އެންސްޕާއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. މި ތަފާސްހިސާބަށް ބަލާއިރު ނޮވެންބަރު މަހު 278 ފަރާތަކުން ވަނީ އެނދުމަތިކޮށްގެން ފަރުވާހޯދާފައެވެ. އެފަރާތްތަކަށް ކުރި ހޭދައިގެ ޖުމްލަ އުޅެނީ 4 މިލިއަން ރުފިޔާއަށޤ ވުރެ މަތީގައެވެ. 

އޭޑީކޭ ހޮސްޕިޓަލުން ފަރުވާ އެނދުމަތިކޮށްގެން ހޯދައިފައިވަނީ ޖުމުލަ 166 ފަރާތެކެވެ. މި ފަރާތްތަކަށް ޖުމުލަ 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. 

ޓްރީޓޮޕް ހޮސްޕިޓަލުން ހޯދި ފަރުވާގެ ތަފްސީލް

- ކަށީގެ ބަލިތައް: 1،181،887 ރުފިޔާ (44 ކޭސް)

- ކުޑަކުދިންގެ ބަލިތައް: 871،407.34 ރުފިޔާ (19 ކޭސް)

- ވިހެއުމާގުޅޭ: 820،686.60 ރުފިޔާ (60 ކޭސް)

- އަންހެނުންގެ ބަލިތައް: 372،373.21 ރުފިޔާ (28 ކޭސް)

- ގޭސްޓްރޯއިންޓެސްޓިނަލް: 284،954 ރުފިޔާ (21 ކޭސް)

- ނޭވާލާ ނިޒާމުގެ ބަލިތައް: 171،173 ރުފިޔާ (16 ކޭސް)

އޭޑީކޭއިން ހޯދި ފަރުވާގެ ތަފްސީލް:

- މައިބަދަ/ނާރުގެ ބަލިތައް: 754،975 ރުފިޔާ (17 ކޭސް)

- ކާޑިއޮވަސްކިއުލާ ބަލިތައް: 618،426.14 ރުފިޔާ (16 ކޭސް)

- ވިހެއުމާގުޅޭ: 293،235.03 ރުފިޔާ (25 ކޭސް)

- ކަށީގެ ބަލިތައް: 277،895 ރުފިޔާ (15 ކޭސް)

- ގޭސްޓްރޯއިންޓެސްޓިނަލް: 197،38 ރުފިޔާ (16 ކޭސް)

- އަންހެނުންގެ ބަލިތައް: 188،199 ރުފިޔާ (14 ކޭސް)

މިދިޔަ މަހު އެންސްޕާއިން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ހަރަދުކޮށްފައިވަނީ އޮކްޓޯބަރު މަހު ހަރަދުކުރި ވަރަށްވުރެ 1.1 މިލިއަން ރުފިއާ އިތުރު އަދަދެކެވެ. 

ދައުލަތުގެ ބައިތުލްމާލުން ބޭސްފަރުވާގެ ކަންކަމަށް ކޮންމެ މަހަކުވެސް އަމިއްލަ ހޮސްޕިޓަލްތަކަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރެއެވެ. އެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ދަނީ އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް، ސަރުކާރުގެ މައި ހޮސްޕިޓަލުންދޭ ހިދުމަތް އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.