ހުރާގައި ހަދާފައި ހުރި މާކަނާ މޮނިޔުމަންޓް-
ހަބަރު
16 Dec 2025 | 15:34
މޮނިޔުމަންޓްގެ ގޮތުގައި ދިރޭތަކެތީގެ ސޫރަ ހެދުމަކީ ހަރާމް ކަމެއް: ފަތުވާދޭ މަޖިލިސް

ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމަކީ ޙަރާމް ކަމެއް ކަމަށް ބުނެ ފަތުވާ ނެރެފިއެވެ. 

އެގޮތުން ފަތުވާ މަޖިލިސްގެ ފަތުވާ 34 ގައި އެފަދަ މޮނިޔުމަންޓް ބެހެއްޓުމުގެ ހުކުމާ ގުޅޭގޮތުން ބުނެފައިވަނީ، އިސްލާމްދީނުގައި ދިރޭ ތަކެތީގެ ސިފައިގައި ބުދު ނުވަތަ މޮނިއުމެންޓް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހެދުމާއި ބެހެއްޓުމަކީ ޙަރާމް ކަމެއް ކަމަށެވެ.

މިގޮތުން މައްކާ ފަތަޙަކުރެއްވި ދުވަހު ނަބިއްޔާ މުޙައްމަދު ﷺ ލާތަ އާއި ޢުއްޒާ، އަދި މަނާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ޞަޙާބީން ފޮނުއްވި ކަމަށާ އަދި ޞަޙާބީންވެސް އެފަދަ ތަކެތި ނައްތަވައިލެއްވުމަށް ސަމާލުކަން ދެއްވައިފައިވާ ކަން ފާހަގަކޮށްފައިވެއެވެ. 

އެގޮތުން ސުންނަތުން ސާބިތުވާ ބައެއް ހާދިސާތަކަށްވެސް ފަތުވާގައި އަލިއަޅުވާލާފައިވެއެވެ. 

"އަބުލްހައްޔާޖް އަލްއަސަދީ" ވިދާޅުވިއެވެ. "އަލީ ބުން އަބީ ޠާލިބު ތިމަންނައަށް ވިދާޅުވިއެވެ. "الله ގެ ރަސޫލާ ﷺ ތިމަންކަލޭގެފާނު ފޮނުއްވެވި ކަމަކަށް ތިބާ ނުފޮނުވަން ހެއްޔެވެ؟ أَلَا أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللهِ ﷺ أَنْ لَا تَدَعَ تِمْثَالًا إِلَّا طَمَسْتَهُ وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ" މާނައީ "އެއީ އެއްވެސް ބުދެއް އޭގެ ސިފަ ހަލާކުނުކޮށް ދޫކޮށްނުލުމަށާއި، އަދި އުސްކޮށް ހަދާފައިވާ އެއްވެސް ގަބުރެއް ބިމާ ހަމަނުކޮށް ދޫނުކޮށްލުމަށެވެ."

އަދިވެސް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. قَالَ رَسُولُ اللَّهِ ﷺ إِنَّ أَشَدَّ النَّاسِ عَذَابًا يَوْمَ الْقِيَامَةِ الْمُصَوِّرُونَ "މާނައީ: ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބު ލިބޭހުށީ ފުރާނަ އެކުލެވޭ ތަކެތީގެ ސޫރަ ހަދާ މީހުންނަށެވެ."
މީގެ އިތުރުން ފަތުވާގައި ބުނިގޮތުގައި، ޞައްޙަ ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ ގޮތުގައި، ޤިޔާމަތް ދުވަހާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެއެވެ. މި ސަބަބަށްޓަކައި الله އަށް ޝަރީކުކުރުމަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމަކަށް ނުވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން، ޢިލްމުވެރިންގެ އިޖުމާޢުން ބުދު ހެދުމާއި ބެހެއްޓުން ޙަރާމްވެގެންވާކަން ކަނޑައެޅިގެން އެނގޭ ކަމަށާ، މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުން، ބުދު ނުވަތަ ސޫރަ ބަހައްޓައިފައި ހުންނަ ތަންތަނަށް ނުވެންނެވުމާއި، އެފަދަ ތަކެތީގެ ސަބަބުން ޝިރުކަށް މަގުފަހިވުންވެސް ހިމެނޭކަން ފަތުވާގައި ފާހަގަކޮށްފައިވެއެވެ.

”އެހެންކަމުން، މޮނިއުމެންޓުގެ ގޮތުގައި ދިރޭތަކެތީގެ ސޫރަ ހެދުމަކީ އިސްލާމްދީނުގައި ހުއްދަނޫން ޙަރާމްކަމެކެވެ. މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން މިފަދަ ކަންކަމުން އެއްކިބާވެ، މާތް الله ރުހިވޮޑިގަތުން ހޯދުމަށް އެދި މަސައްކަތްކުރަންޖެހެއެވެ.“ 

ފަތުވާ މަޖިލިސް

ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރެފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި މޮނިޔުމަންޓްގެ ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ހަދައި ބަހައްޓާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. 

އެގޮތުން، ވެލާ، މާކަނާ، މިޔަރު، މަޑި ފަދަ ތަކެތީގެ މޮނިޔުމަންޓް ހަދާފައި ހުރި އިރު، ހުރާ ގައި ހުރި މާކަނާ މޮނިޔުމަންޓަށް ބަޔަކު ގެއްލުންދީފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.