ކްރިމިނަލް ކޯޓް
ހަބަރު
17 Dec 2025 | 09:20
ދެމީހުން ހައްޔަރުކުރިއިރު ތިބި ކޮޓަރީގައި 19،000 ރުފިޔާ؛ އެކަކުވެސް ހަވާލެއް ނުވި!

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ދެމީހުން ތިބި ކޮޓަރީން ފެނުނު 19،000 އަށްވުރެ ގިނަ ފައިސާއާ ހަވާލުވާން އެ ދެ މީހުން ވެސް ކޯޓުގައި ދެކޮޅު ހަދައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 43 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. އެ ދެމީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ކުށެވެ. 

ދެމީހުންވެސް ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައިވާއިރު، ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން، 43 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، 25 އަހަރުގެ މީހާގެ ބަންދަށް ވަނީ ތިން ދުވަސް ޖަހާފައެވެ.

ބަންދު އަމުރުގައިވާގޮތުން، އެ ދެމީހުން ތިބި ކޮޓަރީގައި ހުރި ގުޅިބުރިއެއްގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި އެއް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އަދި ހައްޔަރުކުރި ތަނުގައި އެއީ އެމީހުންގެ ތަކެތި ކަމަށް އެ ދެމީހުން އިއުތިރާފުވެފައިވާ ކަމަށާ، ނަމަވެސް ކޯޓުގައި އެ ދެމީހުން ވެސް އެއީ އެމީހުންގެ އެއްޗެއް ނޫން ކަމަށް ބުނެ، ކުރިން ދީފައިވާ ބަޔާން ދޮގު ކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވާ ވެއެވެ. 

މީގެ އިތުރުން، ކޯޓުގައި ބުބެފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރި ކޮޓަރީގެ ޑްރެސިން ޓޭބަލް ދަށުން ޖުމްލަ 19،700 ރުފިޔާ ފެނިފައިވެއެވެ. އަދި، 25 އަހަރުގެ މީހާގެ ޖީބުގައި އޮތް ވޮލެޓުން ވެސް 2،400 ރުފިޔާ ފެނުނު ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ ނަމަވެސް، ޑްރެސިން ޓޭބަލް ދަށުން ފެނުނު 19،700 ރުފިޔާއާ އެ ދެމީހުންގެ ތެރެއިން އެކަކުވެސް ހަވާލުވެފައިނުވާ ކަމަށް އައިއޯ ބުނިކަމަށް އަމުރުގައި ވެއެވެ.

ކޯޓުގައި 25 އަހަރުގެ މީހާ ވަނީ އެއީ އޭނާ ދިރިއުޅޭ ތަނެއް ނޫން ކަމަށާއި، އެތަނަށް ދިޔައީ ރައްޓެއްސަކާ ބައްދަލުކުރުމަށް ކަމަށް ބުނެފައިވާ ކަމަށް އަމުރުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.