ރާޝިދާ ޔޫސުފް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ:. -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Dec 2025 | 14:37
ގާނޫނެއް އެކުލަވައިގެން ނަމަވެސް ރާއްޖެއަށް ހޯމް ސްކޫލިން ތަޢާރަފް ކުރަން ކުރީގެ މިނިސްޓަރު ރާޝިދާ އެދިވަޑައިގެންފި

ރާއްޖޭގެ ސުކޫލުތަކުން ކިޔަވައިގެން އަންނަ ކުދިންގެ އަޚްލާގީ އަދި އެނޫންވެސް އެތައް މައްސަލަތަކެއް ހުންނަ ކަމަށާ، އެހެން ކަމުން ދިރާސާތަކެއް ހަދައި ގާނޫނެއް އެކުލަވާލައިގެން ނަމަވެސް ރާއްޖެއަށް ހޯމް ސްކޫލިން ތާރަފްކުރަންޖެހޭ ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.

ރާޝިދާއަކީ ޓީޗިން ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ސުކޫލު ހިންގުމުގެ ދާއިރާގައިވެސް ދިގު މުއްދަތަކަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.  އޭނާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޔޫތު އެންޑް ވިމެންސް އެފެއާޒް މިނިސްޓަރުކަމާއި ވިމެންސް އެފެއާޒް އެންޑް ސޯޝަލް ވެލްފެއާ މިނިސްޓަރުކަމާއި ވިމެން އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓަރުކަން އަދި ލަންކާގައި ހުންނަވާ ހައި ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. 

ގަލޮޅު ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅު ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ ތަޢުލީމީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ރާޝިދާ ވިދާޅުވީ މާލޭގައި ސުކޫލުތަކުގައި ކުދިން ވަރަށް ގިނަ ކަމަށެވެ. އެގޮތުން އެ ސުކޫލުތައް ހިންގާން ތިބި މީހުންނަށް ކުޅަދާނަ ވަރަށްވުރެވެސް ކުދިން ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ. 

”ސުކޫލުތަކުގެ ކުދިންނާ، ބެލެނިވެރިންނާ، ޓީޗަރުން ހަމަޖެހިލައިގެން ނޭވާލާނެ ވަގުތުކޮޅެއް ނުލިބޭތީ. މިހާރު ސުކޫލުތަކުގައި މިއީ ހުސް މުބާރާތް އޮންނަހެން އަޅުގަނޑަށް ހީވަނީ. ކިޔެވުން ވެސް ބޮޑު މުބާރާތަކަށް ވެއްޖެ. އެކްސްޓާ އެކްޓިވިޓީސްތައް ވެސް މުބާރާތަކަށް ވެއްޖެ. ދުވަސްތައް ފާހަގަކުރުން ވެސް މުބާރާތަކަށް ވެއްޖެ. ހުރިހާ ކަމެއްވެސް މުބާރާތަކަށް ވެއްޖެ.،" ރާޝިދާ ވިދާޅުވި އެވެ.

ގަލޮޅު ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

މިއީ މިދެތިން އަހަރު ތެރޭ ވީ ކަމެއް ނޫން ކަމަށާ، އެގޮތަށް އެކަން ހިނގަމުންދާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ސުކޫލު ހިންގެވި އިރުވެސް އެކަން ފެށިފައި އޮތް ކަމަށާ އެއީ ވަރަށް ކަންބޮޑުވެވަޑައިގެންނެވި ކަމެއްކަން ފާހަގަކުރެއްވިއެވެ. 

މުބާރާތް ބޭއްވުމަކީ އޭގެ ޒާތުން ގޯސްކަމެއް ނޫން. އެކަމަކު މިހާރު މި ބޭއްވޭ ގޮތުން ވާގޮތަކީ، އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ މިންވަރަށް އެކަންތައް ހިނގައްޖެ މިހާރު. 

ރާޝިދާ

ކަންމިހެން ހުރުމުން ވަށާޖެހޭ ތަޢުލީމެއް ހާސިލް ކޮށްގެން މުޖުތަމަޢުއަށް ނުކުންނަ ކުދިން މަދުވެފައިވާ ކަމަށާ، 12 އަހަރު ދުވަސް ވަންދެން ސުކޫލުގައި އުޅެ، ވަޒީފާގެ މާހައުލަށް ނުކުންނަ ކުދިންނަށް ސިޓީއެއް ލިޔެލަންވެސް ނޭނގޭ ކަމަށް ރާޝިދާ ވިދާޅުވުއެވެ. އަދި އެ ކުދިންނަށް ދިވެހިބަހުން ވާހަކަދައްކަންވެސް ނޭނގޭތަނުގައި މީހުންނަށް އިހްތިރާމް ކުރަންވެސް ނޭނގޭކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވަޒީފާއެއްގައިވެސް ކުދިން ހަރުނުލާ ކަމަށާ، ކުދިންގެ ކަންކަން ދަނީ އެއްބަޔަކަށްވެސް ފަސޭހަ ގޮތަކަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

އަޅުގަނޑުމެން ބޭނުންވޭ ކުދިން ސިކުނޑީގެ ބޭނުންކޮށްގެން ހޯދައި، ބަލައި ފިކުރުކުރަން. އެހެންނެއްް ނުވޭ މިހާރަކު. 

ރާޝިދާ

ރާޝިދާ ވިދާޅުވީ، މިހާރު ކުދިން ކިޔަވަނީ ވިޔަފާރި އުސޫލުން ހައްދާ ޕާސްޓްޕޭޕަރުތަކުގައި ހުންނަ ސުވާލުތަކާ ޖަވާބުތައް ހިތުދަސްކޮށްގެން ކަމަށާ، އަދި ޕްރައިމަރީ ކުދިންނަށްވެސް ޕްރޮޖެކްޓުތަކާއި އެސައިންޓްމެންޓްތައް ވިޔަފާރި އުސޫލުން ހައްދައިދޭ ކަމަށެވެ. 

މިކަހަލަ ކުދިންތަކެއް ނެރެގެން މުސްތަގުބަލުގައި އަޅުގަނޑުމެން ކިހިނެއް ގައުމު ހިންގާނީ. މިހާލަތުގައި އަޅުގަނޑުމެން އެބަޖެހޭ ވިސްނަން ތަފާތު ގޮތްގޮތް ހޯދަން. ކުދިންނަށް ތަޢުލީމު ދޭނެ ތަފާތު ގޮތްގޮތް ހޯދަން. ދުނިޔޭގެ އެހެން ތަންތާގައި ތަޖުރިބާ ކުރާ ތަފާތު ގޮތްގޮތް ހޯދަންޖެހޭ. އެކަހަލަ ކަމެއް ތައާރަފް ކުރާއިރު ވަރަށް ބައިވަރު ދިރާސާ ކޮށްގެން މީގެ ހެވާއި ނުބައި ހޯދައިގެން، ގާނޫނީ އޮނިގަނޑަކަށް ފައްތަންޖެހެންޏާ ފައްތައިގެންނަމަވެސް ތަފާތު އޮޕްޝަންތައް ތައާރަފްކުރަންޖެހޭ. އެގޮތުން އަޅުގަނޑު ހުށަހަޅަން ހޯމް ސްކޫލިން ތަޢާރަފްކުރަން. 

ރާޝިދާ

ވަރަށް ބޮޑަށް ތަރައްގީވެފައިވާ ބޭރު ގައުމުތަކުގައިވެސް ހޯމް ސުކޫލިން އަކީ އާއްމު ކަމެކެވެ.

ރާއްޖޭގެ ސުކޫލުތަކަކީ ރައްކާތެރި ތަނެއް ނޫން ކަމަށްބުނެ ރާއްޖޭގައިވެސް އެކަން ތަޢާރަފް ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.