މިނިސްޓަރު އަލީ އިހްސާން
ހަބަރު
17 Dec 2025 | 16:50
ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ދީފައިވާ ބާރާއި އިހްތިޔާރު، ރައްޔިތުން މިއަދު ބަލައިގަނޭ: އިހްސާން

އަދުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ދީފައިވާ ބާރާއި އިހްތިޔާރު, ރައްޔިތުން މިއަދު ބަލައިގަންނަކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައިޕާޓީ، ޕީއެންސީން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭފަދަ އިންތިހާބަކަށް ކަމަށެވެ. އެގޮތުން އެއްޕާޓީއަކުން އިންތިހާބެއްގައި އެންމެގިނަ ކެނޑިޑޭޓުން ފެނިގެންދާ ޕާޓީއަކަށް ޕީއެންސީ ވެގެންދާނޭކަން މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ.

ޕީއެންސީން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން..

އިހްސާން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ގިނަ ކެނޑިޑޭޓުންތަކެއް ފެނިގެންދާއިރު އެކަމުން ދައްކުވައިދެނީ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ދީފައިވާ ބާރާއި އިހްތިޔާރާމެދު ރައްޔިތުން ކުރާ އިތުބާރުކަމަށެވެ. 

ރާއްޖޭގެ ތާރީޚުގަ ވެސް މިފަދަ އިންތިޚާބަކަށް ކުރިމަތިލާ އެންމެ ގިނަ އަދަދެއްގެ މެންބަރުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ މިފަހަރު މި ކުރިމަތިލާފަ ތިބީ. މިކަމުން މި ދައްކުވައިދެނީ މި ނިޒާމް، ސަރުކާރުން މިހާރު ދެއްވާފަ އެވާ ބާރާ، އިޚްތިޔާރާ އަދި މި ޕާޓީގެ ވެރިކަމުގަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ގަވަރނެންސް ހިންގުމަށް މިދޭ އަހައްމިއްޔަތުކަން މީހުން ބަލައިގަންނަ ކަން

ދާހިލީ ވަޒީރު އަލީ އިހްސާން

އިހްސާން ވިދާޅުވީ އަދުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަމުންދާ ހެޔޮ ބަދަލުތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ލިބޭ ފަހި ފުރުސަތުތައް ހޯދުމަށް ގިނަ ފަރާތްތަކަކުން ބޭނުންވާކަމަށެވެ. އަދި އިންތިހާބަށް ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވުމަކީ ސަރުކާރަށް އޮތް ތާއީދު ދައްކުވައިދޭ ކަމެއްކަމަށްވެސް އިހްސާން ވިދާޅުވިއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ ފަރާތުން ރެކޯޑް އަދަދަކަށް ކެނޑިޑޭޓުން ނިކުންނާނޭކަމަށް އިހްސާން ވިދާޅުވިއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް މިއަދު ވިދާޅުވީ، އިންތިހާބާ ދިމާކޮށް އެޕާޓީއާ ގުޅޭ މެމްބަރުންގެ އަދަދު އިތުރުވަމުންދާކަމަށެވެ. އެގޮތުން ޕާޓީ މެމްބަރުންގެ އަދަދު 70،000 ހާހަށް އަރާއިރު، ގުޅެންތިބި މެމްބަރުންނާއެކު އެއަދަދު 75،000 މީހުންނަށް އިތުރުވާނޭކަމަށް ބެލެވޭކަމަށް ފަލާހް ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.