ޕީއެންސީން އެންމެ ފަހުން ބޭއްވި ބޮޑު ޖަލްސާ -- ފައިލް ފޮޓޯ
ހަބަރު
17 Dec 2025 | 18:26
ކައުންސިލް އިންތިހާބު: ޕީއެންސީން ރެކޯޑް އަދަދަކަށް ކެންޑިޑޭޓުން ނެރޭނެ

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރެކޯޑް އަދަދަކަށް ކެންޑިޑޭޓުން ނެރޭނެ ކަަމަށް ޕީއެންސީން މިއަދު ބުނެފި އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން އެދޭ ކެންޑިޑޭޓުންނަށް ހުޅުވާލި ފުރުސަތު ހަމަވުމުން އެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހް ވިދާޅުވީ ޕީއެންސީގެ ޓިކެޓަށް ހުޅުވާލުމުން 94 ޕަސެންޓް ގޮނޑިތަކަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ.

މިއީ ރެކޯޑް އަދަދެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރެކޯޑް އަދަދަކަށް ކެންޑިޑޭޓުން ނެރެވޭނެ ކަމަށެވެ. މީގެ ކުރީން އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އިންތިހާބުކުރާ ގޮނޑީގެ 90 އިންސައްތައަށް ވުރެ ދަށް އަދަދަކަށް ކަމަށް ފަލާހް ވިދާޅުވި އެވެ.

ޕީއެންސީގެ ޓިކެޓަށް ހުޅުވާލުމުން 94 ޕަސެންޓް ގޮނޑިތަކަށް ކެންޑިޑޭޓުން ކުރިމަަތިލި ކަމަށް ވިދާޅުވި ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ސާފުކޮށް ވިދާޅެއް ނުވެ އެވެ.

ޕީއެންސީ ޕްރައިމަރީ މި މަހު 27 ގައި

ފަލާހް ވިދާޅުވި ގޮތުގައި އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީން މިހާރު ދަނީ ހުށައަޅާފައިވާ ހުރިހާ ފޯމްތަކެއް ބަލަމުންނެވެ. އަދި ފޯމްތައް ބަލާ ނިންމާ ޝަރުތު ހަމަވާ ކެންޑިޑޭޓުން ކަނޑައަޅާނެ އެވެ.

އަދި ޕްރައިމަރީ ބާއްވާނެ ދާއިރާތައް ވެސް ކަނޑައަޅާނެ އެވެ. އެ ދާއިރާތަކުގައި ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ވިދާޅުވި އެވެ. ފަލާހް ވަނީ ޕްރައިމަރީ ވަރަށް އިންސާފުވެރި ވާނެ ކަމަށާ މިނިވަން ކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ކައުންސިލް ކެމްޕެއިންގެ ތަރުޖަމާނަށް ފިރުޒުލް

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ފަލާހް ވިދާޅުވީ އަންނަ އަަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން ހިންގާއިރު ތަރުޖަމާނަކަށް ބޭފުޅަކު ވަނީ ހަމަޖައްސާފަ އެވެ.

ފިރުޒުލް --

އެއީ ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމުގައި ހުންނެވި މުޙައްމަދު ފިރުޒުލް ކަމުގައި ވިދާޅުވި އެވެ. އޭނާ ވެސް މިއަދުގެ ނޫސްވެެރީންގެ ބައްދަލްވުމުގައި ބައިވެރިވި އެވެ.

ޕްރައިމަރީއާ ދިމާކޮށް މެންބަރުން ގުޅުން, 75,000 އަށް އިތުުރުވާނެ

ސިޔާސީ ބޮޑެތި ޕާޓީތަކުގެ ޕްރައިމަރީތަކާއި ދިމާކޮށް ޕާޓީތަކަށް މެންބަރުން އިތުރުވުމަކީ އާންމު ކަމެވެ.

ފަލާހް މިއަދު ވިދާޅުވި ގޮތުގައި މި ފަހަރުގެ ޕްރައިމަރީއާ ދިމާކޮށްވެސް އެތައް ހާސް ބަޔަކު ވަނީ ޕީއެންސީއާ އަލަށް ގުޅިފަ އެވެ. މިހާރުވެސް އެ ޕާޓީގެ މެންބަރުންގެ އަދަދު 70,000 ވުރެ މަތި ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ލިބިފައިވާ ހުރިހާ ފޯމެއް ޕްރޮސަސް ކޮށް ނިމުމުން މެންބަރުންގެ އަދަދު 75,000 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ބުނާގޮތުން މިހާރުވެސް އެންމެ މެންބަރުން ގިނައީ ޕީއެންސީގަ އެވެ. 69,000 ވުރެ ގިނަ މެންބަރުން ދަފްތަރުގައި ތިބިއިރު އެ އަދަދާ ގާތް ކުރާ މިންވަރަށް ވެސް އެހެން ޕާޓީއެއްގައި މެންބަރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.