ރައީސް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
18 Dec 2025 | 11:30
ސަރުކާރުން ދޭންޖެހޭ ފައިސާއެއް ހުރިނަމަ، ދައްކަންޖެހޭ ޓެކްސްއިން އެބައި އުނިކުރެވޭނެ އުސޫލެއް އެކުލަވާލަނީ

ސަރުކާރުން ދޭންޖެހޭ ފައިސާއެއް ހުރިނަމަ ދައުލަތަށް ދައްކަންޖެހޭ ޓެކްސްއިން އެބައި އުނިކުރެވޭނެ އުސޫލެއް ހައްދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ގިނަ ވިޔަފާރިވެރިން ވަނީ އެސްއޯއީތަކުން އަދި ސަރުކާރުން އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.

ވިޔަފާރިވެރިންގެ އެ ކަންބޮޑުވުން އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދައްކަންހުރި ފައިސާ ދެއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެގޮތުން ފިނޭންސް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާއެކު މިހާރުވެސް އެމަސައްކަތް ކުރަމުންދާކަމަށެވެ.

ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އެސްއޯއީތަކުން ނުވަތަ މިނިސްޓްރީތަކުން ފައިސާ ނުލިބިދާ ހާލަތުގައި އަމިއްލަ ކުންފުނިތަކުން ދައުލަތައް ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި އުސޫލެއް ގާއިމްކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ޓެކްސް އިދާރާއާއެކު ވާހަކަދައްކައިގެން އެކަމަށް ރަނގަޅުގޮތެއް ނިންމަވާނޭކަމަށެވެ.

އެގޮތުން އެކަމުގައިވެސް ވިޔަފާރިވެރިންނަށް ރަނގަޅު އުސޫލެއް ގާއިމްކޮށްދެއްވާނޭކަމަށް ރައީސް ވަނީ ޔަގީންކަންދެއްވާފައެވެ.

މިހާރުވެސް ކޮންމެވެސް ވަރަކަށް ކުރާކަމެއް. އެހެންނަމަވެސް އެއަށްވުރެ ފުޅާކޮށް، ތަންކޮޅެއް ކޮމްޕްރިހެންސިވް ގޮތަކަށް ވީހާވެސް ގިނަބަޔަކަށް އުސޫލެއްގެ ތެރެއިން އެޕްލައިވާނެ ގޮތަކަށް ތިބޭފުޅުން ދައްކަން އޮތް އެއްޗެއް ސަރުކާރުން ދައްކަން އޮތް އެއްޗަކާ އަޅާކެނޑޭނެ ގޮތެއް. ދެން އޭގައި ޤާނޫނީ ގޮތުން އެއްވެސް ކަމެއް ބަލަން އޮތްތޯ ބެލުމާ އެކީގައި މީރާ އާއި ފިނޭންސާ އެކީގައި އިށިއިނދެގެން އަޅުގަނޑުމެން ބަލައިދޭނަން އެއަށްވެސް އެންމެ ރަނަގޅު ހައްލެއް ގެނެސްދޭން

ރޭގެ ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ އެސްއޯއީތަކުގެ މަސައްކަތްތައް ނިންމާތާ އެތައް ދުވަހެއް ފާއިތުވެގެންދާއިރުވެސް ބިލްތަކަށް ފައިސާ ނުލިބޭކަމަށެވެ. އެހެންވުމުގެ ސަބަބުން ޓެކްސްބަޔާން ހުށަހަޅަންޖެހޭއިރު މާލީގޮތުން ދަތިތަކާ ކުރިމަތިވާކަން ބައެއް ފަރާތްތަކުން ބުންޏެވެ.

އަޅުގަނޑުމެނަށް އެސްއޯއީތަކުން ލާރިނުދީ ހިފަހައްޓާފައި ހުންނައިރުގައި އަދި މީރާއިން އަޅުގަނޑުމެން ފަހާއެބަދުވޭ އިނގޭތޯ.އަޅުގަނޑުމެން އެކައުންޓް ހިފަހައްޓައި ފުރީޒްކުރަން. އަޅުގަނޑުމެން ވަރަށްބޮޑަށް އެދޭކަމެއް އެސްއޯއީއަށް ލާރިދެވެން ނެތިއްޔާމު އަޅުގަނޑުމެން ސަރުކާރަށް ދައްކަން އޮންނަ އެއްޗަކާ ލާޖައްސާލަ ދެއްވާށޭ

ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިއަކު ބުންޏެވެ

ރޭގެ ބައްދަލުވުމުގައި ވިޔަފާރިވެރިން އެންމެބޮޑަށް ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، އެސްއޯއީތަކުން ފައިސާ ނުލިބި ލަސްވާ މައްސަލައާއި މުދާ ކުލިއާ ކުރުމުގައި ކަމާބެހޭ އިދާރާތަކުން ކުރިމަތިވާ ދަތިތަކެވެ. އެގޮތުން ޑެމަރޭޖް މައްސަލަ އާއި އެއަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދައްކަންޖެހޭ ޖެހުންވެސް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ