ހޮރްމުޒްގެ މޫދާއު ގޮނޑުދޮށް ރަތްވެފައި: ފޮޓޯ/ އިންޓަނެޓް
ދުނިޔެ
19 Dec 2025 | 09:39
ވިއްސާރައާއެކު އީރާނުގެ ހޮރްމުޒްގެ އަތިމަތި ރަތްކުލައަށް؛ ކީއްވެކަން އެނގޭތަ؟

އީރާނުގެ ހޮރްމުޒްއަށް ވެހުނު ވާރެއާއެކު ގޮނޑުދޮށްތައް ރަތްކުލައަށްވެ، މޫދުވެސް ރަތްވެއްޖެއެވެ. މި ކަމަށް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެގޮތުން ބޯކޮށް ވާރޭ ވެހުމާ ގުޅިގެން، ޕާޝިއަން ގަލްފުގައިވާ މި ރަށުގެ ގޮނޑުދޮށްތަކާއި މޫދު، ކްރިމްސަން ރަތް ކުލައަކަށް ބަދަލުވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އާއްމުވެ ވައިގައި ހިފާފައިވާއިރު، އެތަން ވެފައިވަނީ ގިނަ ބަޔަކު ޝައުގުވެރިކުރުވަނިވި މަންޒަރަކަށެވެ. އަދި ބައެއް މީހުން އެކަމާމެދު ކަންބޮޑުވުންވެސް ފާޅުކޮށްފައުވާކަން ފާހަގަކޮށްލަންޖެހެއެވެ. 

އެހެންކަމުން މިއީ ކިހިނެއް ވާ ކަމެއް ކަމާއި، މިކަމުގެ ސަބަބުން ސިއްޙީގޮތުން، ނޫނީ އެހެންވެސް ގޮތަކުން ގެއްލުމެއް ވެދާނެތޯ ނޫންތޯ ބަލާލުމަކީ މުހިންމު ކަމެކެވެ.

މިއީ ކީއްވެ ވާ ކަމެއް؟

ސައިންސްގެ ނަޒަރިއްޔާއިން ބަލާލާނަމަ، މި ހައިރާން ކުރުވަނިވި މަންޒަރާ ގުޅިފައިވަނީ ހޮރްމުޒްގެ ޚާއްސަ ބިމުގެ މައްޗަށެވެ. އެގޮތުން ހޮރްމުޒް އަކީ   އަޔަން އޮކްސައިޑް، ޚާއްސަކޮށް ހެމަޓައިޓް ގިނަ ރަށެކެވެ. މި މަޢުދަނުގެ ބިމަށާއި ގާތަކަށް ރަތް ކުލައެއް ގެނެސްދޭ މާއްދާއެކެވެ.

ބިމާ ބެހޭ ސައިންސްވެރިން ބުނާ ގޮތުގައި، ވާރޭ ފެން މި ރަށުގެ އަޔަން ގިނަ ބިމުގެ ތެރެއަށް ފޭދިގެންދާ އިރު، ފެނުގެ ތެރެއަށް އޮކްސައިޑް ޑިސޯލްވެއެވެ. އަދި، އެ ފެން އަތިރިމައްޗާ ހަމައަށް ވާސިލްވުމުން އަތިރިމަތީގައި ހުންނަ ވެލިވެސް އެއްކޮށް ރަތްވެއެވެ. އަދި ގޮނޑުދޮށަށް ޖަހާލާ ރާޅުތަކާއެކު އެ ވެލިތައް މޫދުގެ ތެރެއަށްދާއިރު، މޫދުވެސް ރަތްވެއެވެ. މީގައި ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ގޮނޑުދޮށުގެ، ގިނައިން ގިރާ ސަރަހައްދުތަކުގައި މި ރަތްކުލަ އިތުރަށް ގަދަވާ ކަމެވެ.

ކައުނުގައިވާ ގުރަހަތަކުގެ ތެރެއިން މާސްވެސް ރަތްކުލައިން ފެންނަ މައިގަނޑު ސަބަބަކަށްވާ ހެމަޓައިޓަކީ، އޭގައި ފެންޖެހި ތެތްވުމުން ވަރަށް އަވަހަށް އޮކްސައިޑްވާ މަޢުދަނެކެވެ.

ބައެއް ފަހަރު "ޕާޝިއަން ގަލްފުގެ ރެއިންބޯ އައިލެންޑް" ގެ ނަމުން ނަންދީފައިވާ ހޮރްމުޒް ރަށަކީ އެކި ކުލަކުލައިގެ މަޢުދަންތައް ގިނަކަމުން މަޝްހޫރު ރަށެކެވެ.

މި ހާދިސާއަކީ މުޅިން ގުދުރަތީ އަދި އެއްވެސް ނުރައްކަލެއް ނެތް ކަމެއް ކަމުގައި ވިޔަސް، މި ކުލައިގައި ލޭގެ ކުލައާ އެއްގޮތް ކަމެއް ހުރުމުން އިންޓަނެޓްގައި ވަނީ މިކަމަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ތިމާވެށީގެ ތަޖުރިބާކާރުން ބުނާގޮތުން މިފަދައިން ކަންދިމާވުމަކީ ތިމާވެށި ތަޣައްޔަރުވާ ކަމެއް ނޫން ކަމަށާއި، ނުވަތަ އެއްވެސް އިކޮލޮޖިކަލް ނުރައްކަލެއްގެ އެލާމެއް ނޫންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި